ރައްޔިތުންގެ މަޖިލީހުގެ 3 ވަނަ ދައުރުގެ ޖަލްސާތައް މި މަހު ފަށަނީ

ރައްޔިތުންގެ މަޖިލީހުގެ 3 ވަނަ ދައުރުގެ ޖަލްސާތައް މި މަހު ފެށުމަށް ތާވަލުކޮށްފިއެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް ފެށުމަށް ތާވަލުކޮށްފައިވަނީ މި އޮގަސްޓު...

10 Aug 2022 | 03:39

ރައްޔިތުންގެ މަޖިލީހުގެ 3 ވަނަ ދައުރުގެ ޖަލްސާތައް މި މަހު ފެށުމަށް ތާވަލުކޮށްފިއެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް ފެށުމަށް ތާވަލުކޮށްފައިވަނީ މި އޮގަސްޓު މަހުގެ 18 ވަނަ ދުވަހެވެ.

މިއީ މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހު މިއަހަރުގެ ދެވަނަ ދައުރުގެ ޖަލްސާ ނިންމަވާލެއްވުމަށް ފަހު މެންބަރުން ޗުއްޓީއަށް ވަޑައިގެންނެވި އިރު ވެސް ތިންވަނަ ދައުރުގެ ޖަލްސާތައް ފެށުމަށް ނިންމާފައިވާދުވަހެވެ.

މަޖިލީހުގެ ތިންވަނަ ދައުރުގެ ޖަލްސާތައް ފަށާއިރު، ސަރުކާރު ހިންގާ މައި ޕާޓީ އަދި މަޖިލީހުގެ ސުޕަރ މެޖޯރިޓީ އޮތް އެމްޑީޕީގެ މެމްބަރުންގެ ތެރޭގައި ވަނީ ޚިޔާލުތަފާތުވުންތައް އުފެދިފައެވެ.

ޚާއްސަކޮށް މިހާރުގެ ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ދެމެދު ވަނީ ވަރަށްބޮޑެތި ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

އެގޮތުން އެމްޑީޕީގެ އެތެރޭގެ އިންތިޚާބު ބޭއްވި އިރު، ދެ ފެކްޝަނެއް އުފެދި، ބަހުގެ ހަމަލާތަކެއް ވެސް ވަނީ އެއްބަޔަކު އަނެއްބަޔަކަށް ރައްދުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް