ސޯޝަލް މީޑިއާ ނެޓްވޯކް ވަޓްސްއެޕްގެ ޕްރޫޕުތަކުން ބޭރުވާަ އަދި ބޭރު ކުރާ މީހުން ނޭނގޭގޮތަށް ޕްރައިވަސީ ފީޗާސްތަކަށް ބަދަލު ގެންނަން ނިންމައިފި އެވެ.
އެ ބަދަތުލައް އިއުލާނު ކުރީ މެޓާ ގްރޫޕުގެ ވެރިޔާ މާކް ޒުކަބާގް އެވެ.
އަލަށް ގެންނަ ބަދަލާއިރު ވަޓްސްއެޕްގެ ގްރޫޕުތަކުން އެމީހަކު ބޭރުވާކަން އެނގޭނީ ހަމަ އެކަނި އެޑްމިން އަށެވެ. އަދި އެޑްމިން ބޭނުންވެގެން ބޭރުކުރާ މީހެއްގެ ނަން ގްރޫޕުގެ އެހެން ބައިވެރިންނަށް ނޮޓިފައިވެފަ ނީންނާނެ ކަމަށް ބުނެ އެވެ.
ދެން ގެނައި ބަދަލުތަކުގެ ތެރޭގައި އޮންލައިން ސްޓޭޓަސް އަރާފަ އިނުމުގެ ބަދަލުުގައި "ލާސްޓް ސީން" އެރުވޭގޮތް ހެދުން ހިމެނެ އެވެ. އަދި ބޭނުންވާ ވަކި ބަޔަކަށް އެމީހަކު އޮންލައިންގައި އިންކަން ދެއްކޭގޮތަށްވެސް ހެދޭނެ އެވެ.
މި ބަދަލުތަކުގެ ބޭނުމަކީ ވަޓްސްއެޕް ބޭނުން ކުރާ މީހުންނަށް އެމީހުން ކޮންޓްރޯލް ދިނުމެވެ. މެޓާއިން ބުނީ ވަޓްސްއެޕް އަކީ ސިއްރު ނުވަތަ އަމިއްލަ މުއާމަލާތްތައް މީހުންނާއި އެކު ކުރުމަށް އެންމެ ރައްކާތެރި ސޯޝަލް މީޑިއާ އެޕަށް ހެދުމަކީ އަމާޒު ކަަމަށާއި މިހާރުވެސް އެންމެ ރައްކާތެރި އެޕަކީ އެއީ ކަމަށެވެ.
އަލަށް ގެނައި މިބަދަލުތައް ފުރަތަމަ ފެންނާނީ އިނގިރޭސިވިލާތުގައި ވަޓްސްއެޕް ބޭނުން ކުރާ މީހުންނަށެވެ. މި މަސް ނިމުމުގެ ކުރިން ދުނިޔޭގެ ހުރިހާ ގައުމެއްގައި އަލަށް ގެންނަ މި ބަދަލުތައް ބޭނުން ކުރަން ފެށޭނެ ކަމަށް މެޓާއިން މައުލޫމާތުދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް