ކޮންޓެއިނަރެެއްގެ މަތިން ވެއްޓި އެމްޕީއެލް މުވައްޒަފަކަށް އަނިޔާވެއްޖެ

ކޮންޓެއިނަރެއްގެ މަތިން ވެއްޓި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މުވައްޒަފަކަށް އަނިޔާވެއްޖެއެވެ. މީޑިއާތަކަށް މައުލޫމާތުދެއްވަމުން އެމްޕީއެލްގެ އެމްޕީއެލްގެ ތަރުޖަމާނު، ދާނިޝް ނިޒާމް ވިދާޅުވ...

10 Aug 2021 | 18:42

ކޮންޓެއިނަރެއްގެ މަތިން ވެއްޓި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މުވައްޒަފަކަށް އަނިޔާވެއްޖެއެވެ.

މީޑިއާތަކަށް މައުލޫމާތުދެއްވަމުން އެމްޕީއެލްގެ އެމްޕީއެލްގެ ތަރުޖަމާނު، ދާނިޝް ނިޒާމް ވިދާޅުވީ މި ހާދިސާ ހިނގާފައިވަނީ  މިރޭ 9:30 ހާއިރު ކަމަށެވެ.

"އޭނާ  ކޮންޓެއިނަރ ސްޕްރެޑަރ އަޅުވަން އުޅެނިކޮށް ބޯޓު ރޯލު ކުރުމުން ސްޕްރެޑަރ އޭނާ ގައިގައި ޖެހި ކަހާލައި ތިރީގައި ހުރި ކޮންޓެއިނަރ މައްޗަށް ވެއްޓިިި ކަނާއަތު އުޅަނބޮށި ވަނީ ނެއްޓިިފައި" ދާނިޝް ވިދާޅުވިއެވެ.

ދާނިޝް އިތުރަށް ވިދާޅުވީ އެ މުވައްޒަފު ވެއްޓުނީ ވެއްޓުނީ 10 ފޫޓު މަތިންކަމަށާއި އޭނާ 15 މިނެޓު ތެރޭގައި ހޮސްޕިޓަލަށް އެމްޕީއެލްގެ މެޑިކަލްސްއިން ވަނީ ގެންގޮސްފައި ކަމަށެވެ.

އަދި މިހާރު ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުން ކަމަށާއި ހާދިސާ ހިނގި އިރުގައިވެސް މުވައްޒަފު ހުރީ އެމްޕީއެލް ބަނދަރު ސަރަހައްދުގައި އުޅެންޖެހޭ ސޭފްޓި ކަންތައްތައް( ހެލްމެޓް،ސޭފްޓީ ޝޫޒް، ވެސްޓް) ފުރިހަމަކޮށްގެން ކަމުގައިވެސް ދާނިޝް ވިދާޅުވިއެވެ.

ދާނިޝް އިތުރަށް ވިދާޅުވީ މިހާރު ދަނީ ބޮލަށް އެއްވެސް ގެއްލުމެއް ވެފައިވޭތޯ ބެލުމަށް ސީޓީ ސްކޭނެއް ހަދަމުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް