ހއ. ދިއްދޫގެ މޮނިޓަރިންގ އުވާލާ، ޢާންމު ހާލަތަށް ގެނެސްފި

ހއ. ދިއްދޫގެ މޮނިޓަރިންގ އުވާލާ، ޢާންމު ހާލަތަށް ގެނެސްފި އެވެ. މިދިޔަ ޖުލައި މަހުގެ 26 ވަނަ ދުވަހު އެރަށް މޮނިޓަރިންގއަށް ލީ، ކޮވިޑުގެ އަލާމާތްތަކެއް ހުރެގެން ޑޮކްޓަރަށް ދެއްކި މީހަކު ޕޮޒިޓިވް ވުމުން...

10 Aug 2021 | 17:54

ހއ. ދިއްދޫގެ މޮނިޓަރިންގ އުވާލާ، ޢާންމު ހާލަތަށް ގެނެސްފި އެވެ.

މިދިޔަ ޖުލައި މަހުގެ 26 ވަނަ ދުވަހު އެރަށް މޮނިޓަރިންގއަށް ލީ، ކޮވިޑުގެ އަލާމާތްތަކެއް ހުރެގެން ޑޮކްޓަރަށް ދެއްކި މީހަކު ޕޮޒިޓިވް ވުމުން ނެވެ.

އެރަށުން މިހާތަނަށް 27 މީހަކު ބައްޔަށް ޕޮޒިޓިވް ވެފައި ވެއެވެ.

މޮނިޓަރިންގ ހާލަތުން ނަގާފައިވަނީ ކުރިއަށް އޮތް 7 ދުވަސްތެރޭ ރަށުގެ އާބާދީގެ 5 އިންސައްތަ މީހުންގެ ރެންޑަމް ސާމް ނެގުމަށާއި އާބާދީގެ 60 އިންސައްތައަށް ކޯވިޑް ވެކްސިން ދެވެންދެން ރަށުން ފުރާ އެންމެން ސާމްޕަލް ނެގުމަށް އެންގުމަށްފަހު އެވެ.

މޮނިޓަރިން އުވާލި ނަމަވެސް ހުރިހާ ރައްޔިތުން އަބަދުވެސް ކޯވިޑް-19 އިން ސަލާމަތްވުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެ ރަށްރަށުގެ ކައުންސިލްތަކުން ވަނީ އިލްތިމާސް ކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް