ރާއްޖެއިން އިތުރު 110 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.
އެޗްޕީއޭ އިން ބުނީ ފާއިތުވި 24 ގަޑިއިރު ރާއްޖެއިން ޕޮޒިޓިވް ވެފައިވާ މީހުންގެ ތެރޭގައި ހިމެނެނީ މާލެއިން 25، އަތޮޅުތަކުން 72 އަދި ރިސޯޓުތަކުން 13 މީހުން ކަމަށެވެ.
މި އަދަދާއެކު ރާއްޖެއިން 78،578 މީހުންނަށް ވަނީ ކޮވިޑު ޖެހިފަ އެވެ. އަދި 75،778 މީހުން ވަނީ މިބަލިން ރަނގަޅުވެފަ އެވެ.
ފާއިތުވި 24 ގަޑި އިރު، 5،301 ސާމްޕަލް ނަގާފައިވާ އިރު، އެކްޓިވް ކޭސްގެ ޢަދަދަކީ 2،562 އެވެ.
ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން 19 މީހުންނަށް ފަރުވާ ދޭ އިރު، 222 މީހުން ވަނީ ރާއްޖެއިން ކޮވިޑުގައި މަރުވެފަ އެވެ.
https://twitter.com/HPA_MV/status/1425139992012095492
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް