ހިޔާ ފްލެޓުގެ H16 ގެ ޔުނިޓެއްގައި މުށި ޖަހާތީ އެކަން ހިޔާ ޔޫނިއަން އިން ބަލައިފި އެވެ.
އެ ޔޫނިއަން އިން ބުނީ އެ ޚަބަރު ލިބުމާއެކު، ޔޫނިަންގެ ފަރާތުން އެ ޔުނިޓަށް ގޮސް ކަންހިނގަމުންދިޔަ ގޮތް ވަރަށް ގާތުން ބަލާފައިވާ ކަމަށެވެ.
އެކަން ކުރަމުން ދިޔަގޮތުގެ މަޢުލޫމާތާއި ހެކިވެސް ހޯދާފައިވާ ކަމަށާއި މިކަމުގެ އިތުރު މަޢުލޫމާތާއި ކަން ހިނގާދިޔަގޮތް ބެލުމަށްޓަކައި ޔޫނިއަން ޓީމުން މަސައްކަތް ކުރަމުންދާ އަދިވެސް ހުއްޓުމެއް ނެތި ކުރާނެ ކަމަށް ވެސް ބުންޏެވެ.
މިކަމަކީ ސީދާ އެތައް ރަތްޔިތުންނަކާއި ގުޅިފަވާ މައްސަލައެއްކަމާސަޢީ ޔޫނިއަން އިން މިކަން ކުށްވެރި ކުރާ ކަމަށް ވެސް އެ ޔޫނިއަން އިން ވަނީ ބުނެފަ އެވެ.
އެ ޔޫނިއަން އިން ބުނީ މިކަން ހިނގާދިޔަގޮތް ރަނގަޅަށް އޮޅުން ފިލުވުމަށްފަހު އެކަމަށް ޖަވާބު ދާރީ ކުރުވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް