ކޮވިޑުގެ ހާލަތާއިގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު، އަލުން ހުޅުވާލުމާއެކު ރާއްޖެއަކީ ސޭފް ޓޫރިޒަމް ޑެސްޓިނޭޝަނެއްގެ ގޮތުގައި ފާހަގަކޮށް ފަތުރުވެރިން އަންނަން ފެށިއެވެ.
ހީނަރުވެފައިވާ ރާއްޖޭގެ އިގްތިސޯދަށް އާރޯކަން އަންނަންފެށި އެވެ.
ނަމަވެސް ކޮވިޑުގެ އިތުރު ރާޅަކާއެކު، ފަތުރުވެރިން ރާއްޖެއަށް އައުން އޮތީ މަދުވެފަ އެވެ.
އެކަމަކު އައު ރެކޯޑް ޢަދަދަކަށް ފަތުރުވެރިން ރާއްޖެއަންނަން ފަށާފައިވާ އިރު، މި މަހުގެ 10 ވަނަ ދުވަހު 6000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެ އައިސްފަ އެވެ.
ކޮވިޑުގެ ރާޅަށް ފަހު، ފަތުރުވެރިކަން ރަނގަޅުވާން ފަށާފައިވަނީ ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ދަށްވާން ފެށުމުން ނެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުން ދައްކާގޮތުގައި މިއަހަރުގެ މިހާތަނަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ މިމަހުގެ 7 ވަނަ ދުވަހު އެވެ. އެދުވަހު ރާއްޖެއަށް 6083 ފަތުރުވެރިން ވަނީ އައިސްފަ އެވެ.
މީގެކުރިން މި ރެކޯޑް އޮތީ މިއަހަރުގެ މާރޗް މަހުގެ 26 ވަނަ ދުވަހު އެވެ. އެދުވަހު ރާއްޖެ އައިސްފައިވަނީ 5375 ފަތުރުވެރިން ނެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 4847 ފަތުރުވެރިން އަންނަ އިރު، އެވްރެޖްކޮށް 10 ދުވަސް ފަތުރުވެރިން ރާއްޖޭގައި ހޭދަކުރެ އެވެ.
މިއީ ކޯވިޑަށްފަހު މިހާބޮޑު ކާމިޔާބީއެއް ހޯދި ފުރަތަމަ ފަހަރެވެ..
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް