ޗޯޓާ ބީމްގެ ޗޮކްލެޓް ރާއްޖޭގެ ފިހާރަތަކުގައި ވިއްކާ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން ބުނީ ހިންދޫ ދީނަށް ކުޑަކުދިން ލޯބި ޖެއްސުމަށް ތައްޔާރުކޮށްފައިވާ ޗޮކްލެޓެއް މާލޭގެ ފިހާރަތަކުގައި ވިއްކާ މައްސަލައެއް ފެންމަތިވެ، އެކަން ބަލަމުން އަންނަކަމަށެވެ.
ހިންދޫ ދީން ޕޮރޮމޯޓުކުރުމަށް ހަދާފައިވާ ކާޓޫނު "ޗޯޓާ ބީމް"ގެ ޗޮކްލެޓް މިދިޔަ މަހު ވެސް ރާއްޖެއަށް އެތެރެކޮށްފައިވާ އިރު، މާލޭ އާއި ހުޅުމާލޭގެ ބައެއް ފިހާރަތަކުގައި އެ ޗޮކްލެޓް އަންނަނީ ވިއްކަމުން ނެވެ.
"ޗޯޓާ ބީމް" ކާޓޫނަކީ ރާއްޖޭގައި ބްރޯޑްކާސްޓުކުރުން މަނާކޮށްފައިވާ ކާޓޫނެކެވެ. އަދި އެ ކާޓޫނު ދައްކާ ވަގުތު މީޑީއާނެޓުން އެ ކޮންޓެންޓް އަންނަނީ ބްލޮކްކުރަމުން ނެވެ.
މިޗޮކްލެޓާ ގުޅިގެން ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވީ ނަމަވެސް މިކަމުގައި ފުލުހުން ފިޔަވަޅު އަޅާފައެއް ނުވެ އެވެ.
މިމައްސަލާގައި ފިޔަވަޅު އަޅަން ޖެހޭނީ އިސްލާމިކް މިނިސްޓްރީން ކަމަށް ފުލުހުން ބުނެފައިވާ އިރު، މިކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް