ރެކޯޑު ޢަދަދެއްގެ މުސާރައަށް މެސީ ޕީއެސްޖީއަށް ބަދަލުވަނީ!

ދުނިޔޭގެ ތާރީޚުގައި އެތުލީޓަކަށްދޭ އެންމެ ބޮޑު މުސާރައަށް ލައިނޮލް މެސީ ޕީއެސްޖީއަށް ބަދަލުވުމަށް އެއްބަސްވެއްޖެކަމަށް ރިޕޯޓުތައް ބުނެފި އެވެ. ރިޕޯޓުތައް ބުނާ ގޮތުން މެސީ ޕީއެސްޖީއާ ގުޅެނީ ދެ އަހަރުގެ...

10 Aug 2021 | 11:49

ދުނިޔޭގެ ތާރީޚުގައި އެތުލީޓަކަށްދޭ އެންމެ ބޮޑު މުސާރައަށް ލައިނޮލް މެސީ ޕީއެސްޖީއަށް ބަދަލުވުމަށް އެއްބަސްވެއްޖެކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ރިޕޯޓުތައް ބުނާ ގޮތުން މެސީ ޕީއެސްޖީއާ ގުޅެނީ ދެ އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. އަދި އެޓީމާއެކު އެއްބަސްވުމުގައި ސޮއި ކުރުމަށް ޕެރިހަށް މިއަދުދާނެ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ބާސެލޯނާގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ އަދި ކެޕްޓަން ލައިނަލް މެސީ ފްރާންސްގެ ޕީއެސްޖީއާ ގުޅޭ ކަމަށް ބުނާ އިރު، ޕީއެސްޖީގައި މިހާރުވެސް އަންނަނީ ނޭމާ އާއި އާޖެންޓީނާގެ ޑިމާރިއާ އަދި އެމްބާޕޭއާ ރާމޯސް ކުޅެމުން ނެވެ. އެހެންކަމުން މިއީ ޕީއެސްޖީގެ ސަޕޯޓަރުންނަށް ލިބޭ ބޮޑު އުފަލަކަށްވާ އިރު، އެޓީމަށް ވެސް ލިބޭ ބިޑު ކުރުއެރުމަކަށް ވާނެއެވެ.

މިދިޔަ އަހަރުގެ ސީޒަން ނިމުމާއެކު ބާސެލޯނާ ދޫކޮށްލަން ބޭނުންވާކަމަށް މެސީ ވަނީ ބުނެފަ އެވެ. އެހެންނަމަވެސް ބާސެލޯނާއާއެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން އެއް އަހަރު ބާކީ އޮތުމުން، މެސީ ކުލަބް ބަދަލު ކުރާނަމަ، ޓްރާންސްފަރ ފީއެއްގެ ގޮތުގައި 624 މިލިއަން ޑޮލަރު ދައްކަން ޖެހޭކަމަށް ބާސެލޯނާ އައި ސްޕެނިޝް ލީގުން ވަނީ ބުނެފަ އެވެ. އެހެންވެ، މެސީ ފަހުން ނިންމާފައިވަނީ ބާސެލޯނާގައި މަޑު ކުރުމަށެވެ.

ބާސެލޯނާގެ ކެޕްޓަން އަދި ޓީމުގެ މައި ތަނބު، ލައިނަލް މެސީ، ބާސެލޯނާ ދޫކޮށްލަނީ 21 އަހަރަށް ފަހު އެވެ.

ފާއިތުވި 21 އަހަރު އޭނާވަނީ ބާސެލޯނާއަށް ކުޅެދިން 778 މެޗްގައި 672 ގޯލް ޖަހާދީފަ އެވެ.

ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމް 6 ފަހަރު ހޯދާފައިވާ މެސީވަނީ ބާސެލޯނާއާއެކު ކުލަބް ލެވެލްގައި ހޯދެން ހުރި ހުރިހާ ކާމިޔާބީއެއް ވަނީ ހޯދާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް