ބީއެމްއެލްގެ ޕޭމަންޓްތައް ހެދުމުގައި މިރޭ ދަތިކަމެއް ދިމާވެދާނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފި އެވެ.
އެ ބޭންކުން ބުނީ ޕޭމަންޓް ގޭޓްވޭ ސަރވިސްގެ މަސައްކަތެއް މިރޭ ކުރަން ނިންމާފައިވާ ކަމަށެވެ. އަދި މި މަސައްކަތް ކުރާނީ މިރޭ ދަންވަރު 12 އިން ފެށިގެން ފަތިހު 5 ޖަހަންދެން ކަމަށެވެ.
މި ވަގުތު ހަމަޖެއްސީ ކަސްޓަމަރުންނަށް ވީހާވެސް ދަތިނުވާނޭ ގޮތަކަށް މަަސައްކަތްތައް ކުރުމަށް ކަމަށާއި މި މަސައްކަތް ވިހާވެސް އަވަހަށް ނިންމުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް ބީއެމްއެލް އިން ބުނެ އެވެ.
މީގެ އިތުރުން މަސައްކަތް ކުރަމުންދާ ވަގުތު ކަސްޓަމަރުންނަށް ދިމާވާ ދަތިތަކަަށް ނިޖާޔަތަށް މަޢާފަށް އެދޭ ކަމަށް ވެސް ބުނެފައި ވެއެވެ.
https://twitter.com/bankofmaldives/status/1425050336532721668
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް