ރޭ ހުޅުމާލޭގައި ދުއްވާފަ ދިޔަ ކާރެއްގެ ޑްރައިވަރަށް ހަމަލާ ދިން މީހާގެ ބަންދުގެ މުއްދަތު އިތުރު ކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލަ ހުށަހެޅީ ރޭ ދަންވަރު 12:33 ހާއިރު ކަމަށެވެ. ފުލުހުން ބުނީ އެމީހާ ވަނީ ޓެކްސީ ޑްރައިވަރަށް އަމާޒުކޮށް ފުރާނައަށް ނުރައްކާވާ ފަދަ އަމަލެއް ހިންގާފައި ކަމަށެވެ.
މި މައްސަލައިގަ ފުލުހުން ހައްޔަރު ކުރީ އުމުރުން25 އަހަރުގެ އިންޑިއާ ރައްޔިތެކެވެ. އެމީހާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް މިއަދު ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން 10 ދުވަހުގެ މުއްދަތެއް ޖަހައިދީފަ ވާ ކަމަށް ފުލުހުން ބުނެ އެވެ.
އެމީހާ ވަނީ ލައިގެން ހުރި ޓީޝާޓު ބާލައި ޑްރައިވަރުގެ ކަރުގައި އޮޅައި މަރާލަން މަސައްކަތް ކޮށްފައި އެވެ. ބައެއް މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި އެމީހާ އުޅުނީ ޑްރައިވަރު އަތުން ފައިސާ ހޯދުމުގެ ބޭނުމުގައި އެވެ.
ފުލުހުން ބުނީ އިންޑިއާ މީހާ ރޭ ހައްޔަރުކޮށްގެން ގެންގޮސް ބެލިބެލުމުން އޭނާ ހުރީ މަސްތުގެ ހާލަތުގައިކަން އެނގުނު ކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް