ދައުވާ ކުރިޔަސް، ނުކުރިޔަސް އަވަހަށް ގޮތެއް ނިންމައިދީ: މަހުލޫފު

ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފަށް ދައުވާ ކުރުމާއި މެދު ވަކިގޮތެއް ނިންމައި ދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލަށް އޭނާ ގޮވާލައްވައިފި އެވެ. މަހުލޫފުގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ އުފުލައި ދިނުމަށް އެންޓީ...

10 Aug 2021 | 09:57

ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފަށް ދައުވާ ކުރުމާއި މެދު ވަކިގޮތެއް ނިންމައި ދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލަށް އޭނާ ގޮވާލައްވައިފި އެވެ.

މަހުލޫފުގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ އުފުލައި ދިނުމަށް އެންޓީ ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ފޮނުވީ އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގަ އެވެ. މި މައްސަލަ ހުށަހެޅީން ސުރެ ޕީޖީ އޮފީހުން ބުނަމުން ދަނީ ވަރަށް އަވަހަށް ދައުވާ ކުރުމާއި މެދު ގޮތެއް ނިންމާނެ ކަމަށެވެ.

މަހުލޫފު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޕީޖީ އޮފީހަށް ގޮތެއް ނިންމަން ނޭނގި ލަސްވެގެން އުޅެނީ އޭނާގެ މައްސަލަ އެކަނި ކަމަށެވެ. އެގޮތުން އޭސީސީން މައްސަލަ ފޮނުވިތާ65 ދުވަސް ވީއިރުވެސް އަދިވެސް ޕީޖީ އޮފީހުން ބުނަމުން ދަނީ ނިމޭނެ އިރެއް ނޭނގޭ ކަމަށް މަހުލޫފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރީގެ ރައީސް ރައީސް އަބްދުﷲ ޔާމީންގެ މައްސަލައެއް ޕީޖީއަށް ފޮނުވިތާ ހަތް ދުވަސް ތެރޭގައި ދައުވާ ކުރަން ފޮނުވި ކަމަށެވެ. އަދި ކުރީގެ މަޖިލީސް މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކުގެ މައްސަލަ އެ އޮފީހަށް ފޮނުވިތާ 10 ދުވަސް ތެރޭގައި ދައުވާކޮށްފައިވާ ކަމަށެވެ.

މަހުލޫފު ވިދާޅުވީ ދައުވާ ކުރިޔަށް ނުކުރިޔަސް ގޮތެއް ނިންމަވައި ދެއްވުމަށް އެދިވަޑައިގެންނަވާ ކަމަށެވެ.

https://twitter.com/AhmedMahloof/status/1425023590223675392

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް