ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އަނަސް އަބްދުއްސައްތާރު އައްޔަން ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސްގެ މަޤާމަށް މ. ބަޑިކުޅިމާގެ، އަލްއުސްތާޛު އަނަސް ޢަބްދުއްސައްތާރު ޢައްޔަން ކުރައްވައިފި އެވެ. ރައީސުލްޖުމްހޫރިއްޔާގ...

10 Aug 2021 | 09:20

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސްގެ މަޤާމަށް މ. ބަޑިކުޅިމާގެ، އަލްއުސްތާޛު އަނަސް ޢަބްދުއްސައްތާރު ޢައްޔަން ކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެކަމަށްޓަކައި މިއަދު މެންދުފަހު ބޭއްވެވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އަލްއުސްތާޛު އަނަސް ޢަބްދުއްސައްތާރަށް ސްޓޭޓް މިނިސްޓަރކަމުގެ ލިޔުން ހަވާލުކުރައްވާފަ އެވެ.

އަލްއުސްތާޛު އަނަސް ޢަބްދުއްސައްތާރަކީ، ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިން ބެޗަލަރ އޮފް ލޯސް އެލް.އެލް.ބީ (ހޮނާރސް) ޝަރީއަރ އެންޑް ލޯ ޙާޞިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.

މި މަޤާމަށް ޢައްޔަނުކުރެއްވުމުގެ ކުރިން އަލްއުސްތާޛު އަނަސް ޢަބްދުއްސައްތާރު އަދާކުރައްވާފައިވަނީ ވަކާލާތު ޗޭންބާރސްގެ މެނޭޖިންގ ޕާރޓްނަރގެ މަޤާމެވެ. އަދި، 2015 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓިގެ ސެކްރެޓެރީ-ޖެނެރަލްގެ މަޤާމު ފުރުއްވާފައި ވެއެވެ.

މީގެ އިތުރުން، އަލްއުސްތާޛު އަނަސް ޢަބްދުއްސައްތާރަކީ ސަރުކާރުގެ އެތައް ކުންޕުންޏެއްގެ ވަކީލުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އަދި މާލެ ސިޓީ ކައުންސިލް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮއްޓްރެކްޓިންގ ކޮންޕެނީ (އެމް.ޓީ.ސީ.ސީ)، ބްރޯޑްކާސްޓިންގ ކޮމިޝަން އަދި އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓު ހިމެނެ އެވެ.

މީގެ އިތުރުން 2019 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރުގެ ޖޫންމަހުގެ ނިޔަލަށް ދިވެހިރާއްޖޭގެ ބާ ކައުންސިލްގެ އެޤްޒެކެޓިވް ކޮމިޓީ މެމްބަރެއްގެ މަޤާމު ވެސް ފުރުއްވާފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް