ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް މަރިޔަމް ރިޝްފާ އައްޔަން ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް އަލްއުސްތާޛާ މަރްޔަމް ރިޝްފާ މިއަދު ޢައްޔަން ކުރައްވައިފި އެވެ. އަލްއުސްތާޛާ މަރްޔަމް ރިޝްފާ މަޤާމަށް ޢަ...

10 Aug 2021 | 09:06

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް އަލްއުސްތާޛާ މަރްޔަމް ރިޝްފާ މިއަދު ޢައްޔަން ކުރައްވައިފި އެވެ.

އަލްއުސްތާޛާ މަރްޔަމް ރިޝްފާ މަޤާމަށް ޢައްޔަން ކުރެއްވީ މިއަދު މެންދުރުފަހުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެކަމަށްޓަކައި ބޭއްވެވި ޚާއްސަ ރަސްމިއްޔާތެއްގަ އެވެ.

މި ރަސްމިއްޔާތުގައި އަލްއުސްތާޛާ މަރްޔަމް ރިޝްފާ ވަނީ، ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޝުއައިބް ޙުސައިން ޒަކަރިއްޔާ ކުރިފުޅުމަތީގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރު ކަމުގެ ހުވައި ކުރައްވާފަ އެވެ. އަދި، މަގާމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ ވަނީ އެބޭފުޅާއާއި ހަވާލުކުރައްވާފަ އެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް މިއަދު ޢައްޔަނު ކުރެއްވި އަލްއުސްތާޛާ މަރްޔަމް ރިޝްފާ މީގެކުރިންވެސް ވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަން 2016 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރަށް އަދާކުރައްވާފަ އެވެ. އަދި، ޕާރޓް-ޓައިމް ލެކްޗަރަރއެއްގެ ގޮތުގައި މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގައި ޙަރަކާތްތެރިވެ ވަޑައިގެންފައި ވެއެވެ.

އަލްއުސްތާޛާ މަރްޔަމް ރިޝްފާ ވަނީ ވިލާ ކޮލެޖްއިން މާސްޓަރ އޮފް ޝަރީއަރ ޙާޞިލުކުރައްވާފަ އެވެ. އަދި އޭނާ ވަނީ ވިލާ ކޮލެޖުން ބެޗްލަރ އޮފް ޝަރީއަރ އެންޑް ލޯ ވެސް ޙާޞިލްކުރައްވާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް