ސޮފްޓްވެއަރއ ހެދިޔަސް ރާއްޖޭގެ ވެރިކަން ނުކުރެވޭނެ ކަމަށް ވިދާޅުވެ ފޭދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަލްހާން ފަހުމީ، ޕްރޮފެސަރ ޙަސަން އުގައިލް އަށް ފާޑުވިދާޅުވެއްޖެއެވެ.
އަލްހާން މި މޭރުމުން ފާޑުވިދާޅުވީ، ގައުމަށް ޚިދުމަތްކުރުމުގައި ކުރިޔަށް އޮތް ތާނގައި ސިޔާސީ މައިދާނުންވެސް ފެނިދާނެކަމަށް ޕްރޮފެސަރު ހަސަން އުގެއިލް ވިދާޅުވުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
އަލްހާން ވިދާޅުވީ، ވެރިކަން ހިންގުމަކީ ދޮގުހެދިތޯ ބަލަން ސޮފްޓްވެއާއެއް ހެދުން ފަދަ ކަމެއް ނޫން ކަމަށެވެ.
"ދޮގު ހެދިތޯ ބަލާ ކޮމްޕިއުޓަރ ސޮފްޓެއަރ އެއް ހެދިޔަކަސް، ވެރިކަން ހިންގަން ސޮފްޓްވެއަރ އެއް ނުހެދޭނެ ދެއްތޯ؟" އުގައިލް އަށް ޓްެގްކުރައްވައި ކުރެއްވި ޓްވީޓްގައި އަލްހާން ވިދާޅުވެފައިވެއެވެ.
https://twitter.com/AlhanFahmy/status/1424694422113980420
އުގައިލް ވަނީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަން އިއުލާނު ކުރައްވާފަ އެވެ. އެކަމަކު އިންތިހާބުގައި ވާދަ ކ ުރައްވާނީ ރައްޔިތުން އެކަމަށް އެދޭނަމަ ކަމަށް ވިދާޅުވެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް