ޔާމީން ސިއްރު ޑީލެއް ނުހައްދަވާ، ހާއްސަކޮށް ނަޝީދާއި އެކު ނުހައްދަވާނެ: އަދުރޭ

ކުރީގެ ރައީސް އަބްދުﷲ ޔާމީނަކީ ސިއްރު ޑީލް ހައްދަވާނެ ބޭފުޅެއް ނޫން ކަމަށް ރައްޔިތުންގެ އިދިކޮޅު ޕީއެންސީގެ ރައީސް އަދި ޕީޕީއެމް/ ޕީއެންސީ ކޯލިޝަންގެ އިސް ލީޑަރުގެ ގޮތުގައި ހުންނެވީ އަބްދުއް ރަހީމް އަ...

10 Aug 2021 | 08:18

ކުރީގެ ރައީސް އަބްދުﷲ ޔާމީނަކީ ސިއްރު ޑީލް ހައްދަވާނެ ބޭފުޅެއް ނޫން ކަމަށް ރައްޔިތުންގެ އިދިކޮޅު ޕީއެންސީގެ ރައީސް އަދި ޕީޕީއެމް/ ޕީއެންސީ ކޯލިޝަންގެ އިސް ލީޑަރުގެ ގޮތުގައި ހުންނެވީ އަބްދުއް ރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ކުރެއްވި ޓުވީޓެއްގައި އެވެ. އެއީ ޔާމީން އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސިއްރު ޑީލެއް ހަދާފައިވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އަދުރޭ ރައްދު ދެއްވުމުގެ ގޮތުން ކުރެއްވި ޓުވީޓެކެވެ.

އަދުރޭގެ ޓުވީޓުގައި ވިދާޅުވީ ޔާމީނަކީ އެއްވެސް ބޭފުޅަކާއި އެކު ޑީލް ހައްދަވާނެ ބޭފުޅެއް ނޫން ކަމަށެވެ. ހާއްސަކޮށް ރައީސް ނަޝީދާއި އެކު އެމަނިކުފާނު ހައްދަވާނެ ޑީލެއް ނޯންނާނެ ކަމަށް އަދުރޭ ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ސިޔާސީ މައިދާނުގައި އެއްގޮތެއްގައި ސާބިތުވެ ހުންނެވި ހަމަ އެކަނީ ލީޑަރަކީ ރައީސް ޔާމީން ކަމަށެވެ. އަދި އެކަން ރައްޔިތުންނަށް ވަރަށް ސާފު ކަމަށްވެސް ވިދާޅުވި އެވެ.

https://twitter.com/Banafsaa/status/1424983070571077639

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް