އަންނަ އަހަރު ޓީޗަރުންގެ މުސާރަ ބޮޑުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ އެވެ.
ދިރާސީ އާ އަހަރުގެ ފެށުން ފާހަގަކުރުމަށް ރެހެންދި ސްކޫލްގަ ބޭއްވި ހާއްސަ އެސެމްބްލީގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިހް ވަނީ ކޯވިޑް-19ގެ ހާލަތާއެކު އުނގަންނައިދިނުމަށް މުޅި ދާއިރާއިން ކުރި ބުރަ މަސައްކަތް ފާހަގަކުރައްވާ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.
ރައީސް ވިދާޅުވީ ކޯވިޑް-19ގެ ހާލަތުގައި ލިބުނު އެންމެ ބޮޑު ތަޖުރިބާއަކީ ކޮންމެ ޙާލަތެއްގައި ކޮންމެ ތަނެއްގައިވެސް ކިޔެވޭނެކަން ކަމަށެވެ. އަދި ކުރިމަތިވާ އުނދަގޫތައް ގިރާކޮށް، ޤައުމަށް ފައިދާހުރި ކުއްޖަކަށްވުމަށް ކޮންމެ ހާލަތެއްގައިވެސް ދަރިވަރުން މަސައްކަތްކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޓީޗަރުންގެ މަސައްކަތަކީ ވަޒަން ނުކުރެވޭފަދަ ބުރަ މަސައްކަތެއް ކަމަށެވެ.
"އަންނަ އަހަރުގެ ބަޖެޓުގަ ހިމަނައިގެން ޓީޗަރުންގެ މުސާރައާ އިނާޔަތް ބޮޑުކުރުމުގެ މަސައްކަތް މި އަންނަނީ ކުރަމުން." ރައީސް ވިދާޅުވިއެވެ. އަދި ކިޔަވައިދިނުމުގެ ދަތިކަން ހުރި ރަށްރަށަށް ގޮސް ކިޔަވައިދޭން ބޭނުންވާ ޓީޗަރުންނަށްވެސް އިނާޔަތްތަކެއް ހަމަޖައްސާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް