ކަރީނާ ހަގު ދަރިފުޅަށް ކިޔަނީ ޖެހަންގިރް، މިއީ މުސްލިމް ނަމެއް!

ބޮލީވުޑްގައި އެންމެ މަޝްހޫރު ދެމަފިރިން ކަމަށްވާ ސައިފް އަލީ ހާން އާއި ކަރީނާ ކަޕޫރު ހާންގެ ހަގު ދަރިފުޅުގެ ފުރިހަމަ ނަން އާންމު ކޮށްފި އެވެ. ކަރީނާ ހަގު ދަރިފުޅު ވިހެއީ މިދިޔަ ފެބްރުއަރީ މަހުގެ 21 ވަ...

10 Aug 2021 | 04:51

ބޮލީވުޑްގައި އެންމެ މަޝްހޫރު ދެމަފިރިން ކަމަށްވާ ސައިފް އަލީ ހާން އާއި ކަރީނާ ކަޕޫރު ހާންގެ ހަގު ދަރިފުޅުގެ ފުރިހަމަ ނަން އާންމު ކޮށްފި އެވެ.

ކަރީނާ ހަގު ދަރިފުޅު ވިހެއީ މިދިޔަ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު އެވެ. އޭގެ ފަހުން މިހާތަނަށް ކުއްޖާގެ މޫނު އެނގޭގޮތަށް ރަސްމީކޮށް ފޮޓޯއެއް އާންމުކޮށްފައި ނުވާއިރު ކުއްޖާއަށް ކިޔާ ނަންވެސް ހާމަކޮށްފަ އެއް ނުވެ އެވެ.

ދާދި ފަހުން ކަރީނާ ބައްޕަ ރަންދީރު ވަނީ އޭނާގެ ދޮށި ދަރިފުޅު ތައިމޫރު އަލީ ހާން ތުއްތު އިރުގެ ފޮޓޯ އަކާއި އެކު ހަގު ދަރިފުޅުގެ ފޮޓޯއެއް ސޯޝަލް މީޑިއާގައި އާންމުކޮށްފައި އެވެ. އެކަމަކު އެއީ ކަރީނާ ހަގު ދަރިފުޅުކަން ހާމަކޮށްފަ އެއް ނުވެ އެވެ. އޭގެ ފަހުން މީޑިއާގައި ވަނީ އެ ކުއްޖާއަށް ލޯބިން ކިޔަނީ ޖޭ ކަމަށް ރިޕޯޓުކޮށްފައި އެވެ.

އެންމެ ފަހުން އިއްޔެ ވަނީ ކުއްޖާގެ ނަން ރަސްމީކޮށް އާންމުކޮށްފައި އެވެ. "ކަރީނާ ކަޕޫރު ހާންސް ޕްރެގްނެންސީ ބައިބްލް" ނަމުގައި އަދިތީ ޝާހް ކިޔާ ލިޔުންތެރިޔަކު އިއްޔެ ނެރުނު ފޮތުގައި ވަނީ ކަރީނާ ބަނޑުބޮޑު އިރު ދިމާވި ކަންކަން ހިއްސާކޮށް މަންމައިންނަށް ވާން އުޅޭ މީހުންނަށް އެކި ނަސޭހަތްތައް ދީފަ އެވެ.

އެ ފޮތުގެ ފަހު ދެތިން ސަފްހާގައި ކަރީނާ ހިއްސާކޮށްފައިވަނީ ޖޭ އަށް ބަނޑުބޮޑު އިރު އާއި ވިހައިގެން ކުރި ތަޖުރިބާތަކެވެ. އަދި ފޮތުގެ ފަހު ގަނޑުން އެ ފޮތް ކީ މީހުންނަށް ވަނީ ހައިރާން ކަމާއި އުފާވެރިކަން ގެނެސްދީފަ އެވެ.

ފޮތުގެ ފަހު ސޮފްހާގައި ކަރީނާ ވަނީ އޭނާ އާއި ޖޭގެ ފޮޓޯއެއްގެ އިތުރުން ކުއްޖާއަށް ކިޔަނީ ޖެހަންގިރް ކަން ހާމަކޮށްފަ އެވެ. އެކުއްޖާގެ ނަމަކީ ޖެހަންގިރް އަލީ ހާން އެވެ. އެކަމަކު ފޮޓޯއިން ޖޭ ގެ މޫނު މާ ބޮޑަކަށް ނޭނގެ އެވެ.

ކަރީނާ އާއި ސައިފް އަކީ ކުދިންނަށް ނަން ކިޔުމުގައި ވަރަށް ކަންކަމަށް ބަލާ ދެމީހުންނެވެ. ސައިފްގެ ޝަރުތަކީ ކުއްޖާއަށް މުސްލިމް ނަމެއް ކިޔުން ކަމަށް ވާއިރު ކަރީނާ ބޭނުންވަނީ ވަރުގަދަ ޝަހުސިއްތަތުތައް ދައްކުވައިދޭ ފަދަ މާނަ ހުންނަ ނަންނަން ކިޔާށެވެ.

ރިޕޯޓުތައް ބުނާގޮތުގައި ދެމީހުން ހަގު ދަރިފުޅު ޖެހަންގިރްގެ މާނަކައަކީ ދުނިޔޭގެ ރަސްގެފާނެވެ. އެއީ މުސްލިމް ނަމެއް ކަމަށް ރިޕޯޓުކޮށްފައިވާއިރު އެއީ އިންޑިއާގެ ކުރީގެ ރަސްކަލަކަށް ކިޔާފައިވާ ނަމެއް ކަމަށްވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް