ނަދީމް މަރާލި މައްސަލައިގަ ކުރިން ޓެގު އެޅުވި މީހަކު ހައްޔަރު ކޮށްފި

މިދިޔަ މަހުގެ 27 ވަނަ ދުވަހު ޓާމިނަލް ކެފޭ ތެރޭގައި އިންދަ ބޮލަށް ވަޅި ހަރައި މަރާލި ހއ. ތަކަންދޫ އުމުރުން 24 އަހަރުގެ ނަދީމް އަބްދުއްރަހީމް މަރާލި މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ...

10 Aug 2017 | 18:03

މިދިޔަ މަހުގެ 27 ވަނަ ދުވަހު ޓާމިނަލް ކެފޭ ތެރޭގައި އިންދަ ބޮލަށް ވަޅި ހަރައި މަރާލި ހއ. ތަކަންދޫ އުމުރުން 24 އަހަރުގެ ނަދީމް އަބްދުއްރަހީމް މަރާލި މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައިގަ ހައްޔަރުކޮށްފައިވަނީ މީހުން މެރުމާއި މާރާމާރީގެ މައްސަލަތަކުގެ ކުށުގެ ރެކޯޑު އޮންނަ ނުރައްކާތެރި ކުށްވެރިއެއް ކަމަށްވާ ގ. ޝާރާޒް، މުހައްމަދު މަފާޒެވެ. އެކަމަކު އެ މައްސަލައިގަ ހައްޔަރު ކުރި މީހާގެ ވަނަވަރެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

ނަދީމް ބޮލަށް ވަޅި ހަރައި މަރާލި މައްސަލައިގަ ފުލުހުން މިރޭ ވަނީ ގ. ޖެލީ ފިޝް ބަލާ ފާސްކޮށްފައި އެވެ. މަފާޒު ހައްޔަރު ކުރީ އެގެއިންނެވެ.

މަފާޒަކީ އުމަރު ނަސީރު ހޯމް މިނިސްޓަރު ކަމުގައި ހުންނެވިއިރު، މޮނިކޮން އަމުރުގެ ދަށުން ޓެގު އެޅުވި ޒުވާނެކެވެ. އަދި އެ އަމުރާ ހިލާފުވެގެން އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވެ އެވެ. ފަހުން އޭނާ މިނިވަންވީ ކީއްވެ ކަމެއް ނޭނގެ އެވެ.

އޭނާގެ އިތުރުން ހަމަ އެގެއިން ވަނީ އިތުރު މައްސަލައެއްގަ ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކޮށްފައި އެވެ.

ނަދީމް މަރުވެފައިވަނީ އެ ހަމަލާގައި ލިބުނު ޒަހަމްތަކަށް އޭޑީކޭ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް މިދިޔަ މަހުގެ 29 ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް