މިމަހުގެ އެއް ވަނަ ދުވަހު ޔޫތް މިިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް)ގެ މަގާމަށް އައްޔަން ކުރެއްވި ފާތިމަތު މުނާ ގޭގައި މަޑު ކުރަން އަންގައިފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މުނާ ގޭގައި މަޑު ކުރަން އެންގީ ޔޫތް މިނިސްޓްރީންނެވެ. އެކަމަކު ޔޫތް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ މުނާ ގޭގައި މަޑު ކުރަން އެންގީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ކަމަށެވެ.
މިކަމާ ގުޅޭގޮތުން ސީއެސްސީން އެއްވެސް އެއްޗެއް ބުނެފައި ނުވާއިރު ޔޫތް މިނިސްޓްރީގެ އޮފިޝަލު ވިދާޅުވީ މަގާމާއި ހަވާލުވެ ވަޑައިގެންނެވި ދުވަހު އެ މިނިސްޓްރީއަށް ވަޑައިގެން ކަމަށާއި އޭގެ ފަހުން މުނާ އޮފީހަށް ވަޑައި ނުގަންނަވާ ކަމަށެވެ.
މުނާ ކުރިން ހުންނެވީ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ޑިރެކްޓަރެއްގެ މަގާމުގައި އެވެ.
ދިވެހި ސިވިލް ސާވިސްގެ ގާނޫނަށް މިދިޔަ އަހަރު ގެނައި އިސްލާހެއްގައިވާ ގޮތުން ޕީއެސް އައްޔަން ކުރަން ޖެހެނީ އެ ބޭފުޅަކު އައްޔަން ކުރާ މިނިސްޓްރީއެއްގެ މިނިސްޓަރުގެ ލަފަޔާ އެކުގަ އެވެ. މުނާއަށް މަގާމުގެ ފަތްކޮޅު ހަވާލު ކުރުމުގެ ރަސްމިއްޔާތު ޔޫތް މިނިސްޓްރީގައި ބޭއްވި އިރު އެ ރަސްމިއްޔާތުގައި ޔޫތް މިނިސްޓަރު އިރުތިޝާމް އާދަމް އާއި ސީއެސްސީގެ ރައީސް އަކީ ޝަމީމް ބައިވެރިވެވަޑައިގެންނެވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް