ކުޑަކުދިންގެ ހިޔާގެ ކުދިންނަށް ލީޑަޝިޕް ޕްރޮގްރާމް ހިންގައިފި

ދައުލަތުގެ ބެލުމުގެ ދަށުގައި ވިލިމާލޭ ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ކުދިންނަށް އެމްއެންޑީއެފްގެ ފަރާތުން ލީޑަޝިޕް ޕްރޮގްރާމެއް ހިންގައިފި އެވެ. "ވީކްއެންޑް ވިތު އެމްއެންޑީއެފް"ގެ ނަމުގައި ހިންގި މި ޕ...

10 Aug 2017 | 09:51

ދައުލަތުގެ ބެލުމުގެ ދަށުގައި ވިލިމާލޭ ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ކުދިންނަށް އެމްއެންޑީއެފްގެ ފަރާތުން ލީޑަޝިޕް ޕްރޮގްރާމެއް ހިންގައިފި އެވެ.

"ވީކްއެންޑް ވިތު އެމްއެންޑީއެފް"ގެ ނަމުގައި ހިންގި މި ޕްރޮގްރާމްގައި ހިޔާގައި ދިރިއުޅޭ 10 އަހަރާއި 18 އަހަރާ ދެމެދުގެ 59 ކުއްޖަކު ބައިވެރިވި އެވެ.

މި ޕްރޮގްރާމްގައި ކުޅިވަރާއި ހަރަކާތްތައް މެދުވެރިކޮށް ކުދިންނަށް ލީޑަރޝިޕް، ޓީމް ވޯކް އަދި ލައިފް ސްކިލްސް ތައް ދަސްކޮށްދީފައިވެ އެވެ.  އަދި އަމިއްލަ ނަފްސަށް އިތުބާރު ކުރުމަށާއި އެހެން މީހުންނަށް އިހްތިރާމް ކުރުމާއި ދިރިއުޅުމުގައި ދިމާވާ ކަންތައްތަކާ ކެރިގެން ކުރިމަތިލައި ޒިންމާދާރު ކުދި ބަޔަކަށްވުމުގެ މުހިއްމުކަމަށް ހަރަކާތްތަކެއް ހިންގާފައިވެއެވެ.

އެ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވީ ކޭމްޕުގެ ހަރަކާތްތައް މެދުވެރިކޮށް ކުދިންނަށް ދަސްވި ހުނަރުތައް ރަނގަޅުގޮތުގައި ބޭނުންކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

މި ޕްރޮގްރާމް ކުރިޔަށް ގެންދިޔައީ ގިރިފުށީގައި އެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް