ބަންޑާރަ ނައިބު އަނިލްގެ އިތުބާރު ނެތްކަމުގެ މައްސަލަ އަލުން ވައްދައިފި

ބަންޑާރަ ނައިބު މުހައްމަދު އަނިލްގެ އިތުބާރު ނެތްކަމުގެ މައްސަލަ އަލުން ރައްޔިތުންގެ މަޖިލީހަށް ވައްދައިފި އެވެ. ކުރިން އެ މައްސަލަ ހުށަހެޅީ ޖުލައި 20 ވަނަ ދުވަހު އެވެ. އެ ފަހަރު މަޖިލީހުން އެ މައްސަލ...

10 Aug 2017 | 09:24

ބަންޑާރަ ނައިބު މުހައްމަދު އަނިލްގެ އިތުބާރު ނެތްކަމުގެ މައްސަލަ އަލުން ރައްޔިތުންގެ މަޖިލީހަށް ވައްދައިފި އެވެ.

ކުރިން އެ މައްސަލަ ހުށަހެޅީ ޖުލައި 20 ވަނަ ދުވަހު އެވެ. އެ ފަހަރު މަޖިލީހުން އެ މައްސަލަ ބޭރުކޮށްލީ ނުބައި މާއްދާއަކާއި ހަވާލާދީ އެ މައްސަލަ ހުށަހެޅުމުންނެވެ.

މިއަދު އަލުން މައްސަލަ މަޖިލީހަށް ވެއްދީ އިދިކޮޅު 30 މެންބަރަކު ސޮއި ކުރައްވަ އެވެ.

އިދިކޮޅު ފަރާތްތަކުން އަނިލްގެ އިތުބާރު ނެތްކަމުގެ މަައްސަލަ ފުރަތަމަ ހުށަހެޅީ ގާނޫނު އަސާސީގެ 82 ވަނަ މާއްދާ އާއި ހަވާލާދީ އެވެ. އެކަމަކު އެ މާއްދާގައި ބަޔާންކޮށްފައިވަނީ މަޖިލީހުގެ ރައީސާއި، ނައިބު ރައީސް އިންތިހާބު ކުރުމާއި މަގާމުން ވަކިކުރުމުގެ ވާހަކަތަކެވެ.

ވަޒީރުންގެ މަޖިލީހުގެ މެމްބަރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅޭނީ ގާނޫނު އަސާސީގެ 101 ވަނަ މާއްދާގެ ދަށުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް