ވަކި ލާރި ނެގޭ ވެންޑިން މެޝިންތަކެއް އެމްއެމްއޭއިން ބަހައްޓައިފި

ވަކި ލާރި ނެގޭ ދެ ވެންޑިން މެޝިން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި ބަހައްޓައިފި އެވެ. އެމްއެމްއޭއިން ބުނީ އެ މެޝިނުތަކުގެ ހިދުމަތް މިއަދުން ފެށިގެން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 ން ހަވ...

10 Aug 2017 | 09:14

ވަކި ލާރި ނެގޭ ދެ ވެންޑިން މެޝިން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި ބަހައްޓައިފި އެވެ.

އެމްއެމްއޭއިން ބުނީ އެ މެޝިނުތަކުގެ ހިދުމަތް މިއަދުން ފެށިގެން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 ން ހަވީރު 4:00 އަށް ލިބޭނެ ކަމަށެވެ. މީގެ ކުރިން އެމްއެމްއޭގެ ކައުންޓަރުތަކުން ވަކި ލާރި ދޫކުރަމުން ދިޔައީ ހެނދުނު 8:30 ން 11:00 އަށެވެ.

އެމްއެމްއޭގައި ބަހައްޓާފައިވަނީ އޮޓޮމެޓިކުން ބޭނުން ކުރެވޭ މެޝިނަކާއި މެނުއަލީ ބޭނުން ކުރެވޭ ކޮއިން ވެންޑިން މެޝިނެކެވެ. މި މެޝިނަށް ދިވެހި ރުފިޔާގެ ނޫޓު ލެއްވުމުން ބޭނުންވާ އަދަދަކަށް ވަކި ލާރި ނެގޭނެ އެވެ.

ވަކި ލާރި ލިބޭނެ ކަމަށް މެޝިނުގައި ދައްކާފައިވަނީ 50 ލާރި އާއި އެއް ރުފިޔާ އަދި ދެ ރުފިޔާ އިންނެވެ.

އެމްއެމްއޭގެ އޮފިޝަލަކު މިއަދު މީޑިއާގައި ވިދާޅުވީ ވަރަށް އަވަަހަށް ވަކި ލާރި ނެގޭ ވެންޑިން މެޝިންތަކެއް އުތުރާއި ދެކުނުގައި ބަހައްޓާނެ ކަމަށެވެ. އަދި ވަކި ލާރި ޖަމާ ކުރެވޭ މެޝިނުވެސް ކައިރި މުސްތަގުބަލެއްގައި ބަހައްޓާ ހިދުމަތްދޭން ފަށާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް