މޫސުމަށް ސަމާލުވޭ، 55 މޭލަށް ވައިގަދަވާނެ!

ބޯކޮށް ވާރޭވެހި އާދަޔާ ހިލާފަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް މޯލްޑިވްސް މީޓްރޮލޮޖިކަލް ސެންޓަރުން އެކި ސަރަހައްދުތަކަށް ޔެލޯ އެލާޓު ނެރެން ފަށައިފި އެވެ. މެޓް އޮފީހުން ލަފާ ކުރާގޮތުގައި މޫސުން އެންމެ...

10 Aug 2017 | 03:59

ބޯކޮށް ވާރޭވެހި އާދަޔާ ހިލާފަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް މޯލްޑިވްސް މީޓްރޮލޮޖިކަލް ސެންޓަރުން އެކި ސަރަހައްދުތަކަށް ޔެލޯ އެލާޓު ނެރެން ފަށައިފި އެވެ.

މެޓް އޮފީހުން ލަފާ ކުރާގޮތުގައި މޫސުން އެންމެ ގޯސްވާނީ މެދު ރާއްޖެ ތެރޭގެ އަތޮޅު ތަކަށެވެ. އެގޮތުން ފުރަތަމަ ހެނދުނު 8:00 ން މެންދުރު 12:00 އާއި ހަމައަށް މާލެ އިން ފެށިގެން މ. އަތޮޅާއި ދެމެދުގެ އަތޮޅުތަކަށް ޔެލޯ އެލާޓު ނެރުނެވެ. އަދި ފަހުން ވަނީ އެ މުއްދަތު ހަވީރު 5:00 އަށް އިތުުރުކޮށްފަި އެވެ.

އެ ސަރަހައްދުތަކަށް ގަދަ ވަޔާއި އެކު ވާރޭވެހޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. އެގޮތުން އާންމު ގޮތެއްގައި 30 މޭލާއި 40 މޭލަށް ވައިގަދަވި ނަމަވެސް ވިލާގަނޑުގައި 55 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެ އެވެ.

ޔެލޯ އެލާޓު ނެރެނީ ދިމާވެދާނެ ހާދިސާއަކުން ސަލާމަތް ވުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ހަނދާން ކޮށްދިނުމަށެވެ.

މެޓް އޮފީހުން ބުނީ ރާއްޖޭގެ އަށް ކުރަމުން މިދާ ވިއްސާރައިގަ އުތުރާއި މެދު ރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެ ކަމަށެވެ. އެހެންކަމުން ކަނޑުދަތުރު ކުރުމުގައި މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް