ކެރީ ފިޝާ މަރުވުމުން މިލްކިއްޔާތު ދަރިފުޅުގެ ނަމަށް ބަދަލު ކުރަނީ

ސްޓާ ވާރސްގެ ތަރި ކެރީ ފިޝާ މަރުވި އިރު އޭނާގެ މިލްކިއްޔާތުގައި 6.8 މިލިއަން ޑޮލަރުގެ އެސެޓު ހުރި ކަމަށް ރިޕޯޓުތައް ބުނެފި އެވެ. ކެރީގެ ހުންނަނީ 25 އަހަރުގެ ބިލީ ކެތަރިން ކިޔާ އެންމެ އަންހެން ދަރިއެކެ...

10 Aug 2017 | 03:48

ސްޓާ ވާރސްގެ ތަރި ކެރީ ފިޝާ މަރުވި އިރު އޭނާގެ މިލްކިއްޔާތުގައި 6.8 މިލިއަން ޑޮލަރުގެ އެސެޓު ހުރި ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ކެރީގެ ހުންނަނީ 25 އަހަރުގެ ބިލީ ކެތަރިން ކިޔާ އެންމެ އަންހެން ދަރިއެކެވެ. އެ ދަރިފުޅު މިހާރު ވަނީ ކެރީގެ މިލްކިއްޔާތުގައިވާ ހުރިހާ މުދަލާއި ފައިސާ އޭނާގެ ނަމަށް ބަދަލު ކުރުމަށް ކޯޓު މެދުވެރިކޮށް މަސައްކަތް ފަށާފަ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި 6.8 މިލިއަން ޑޮލަރުގެ އެސެޓަކީ އެ އަންހެން ކުއްޖާއަށް މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު އޭނާގެ މަންމަގެ މިލްކިއްޔާތުގައި ހުރިވަރެވެ. އެކަމަކު ރިޕޯޓުތައް ބުނާގޮތުގައި ކޯޓު މަރުހަލާ ނިމޭއިރު އެ ކުއްޖާގެ ނަމަށް ހަތް މިލިއަނަށްވުރެ ގިނަ ޑޮލަރުގެ އެސެޓް ބަދަލުވާނެ ކަމަށް ބެލެވެ އެވެ.

ކެރީ މަރުވި އިރުވެސް ހޮލީވުޑްގެ މަސައްކަތްތަކެއް ކުރަމުންދާތީ އާއި އެނޫން ގޮތްގޮތުން އޭނާއަށް ލިބެން ހުރި ފައިސާ ހުންނާނެ ކަމަށް ލަފާ ކުރާތީ އެވެ.

ސްޓާ ވާރސްގެ ތަރި ކެރީ ފިޝާ އުމުރުން 60 އަހަރުގައި މިދިޔަ ޑިސެމްބަރު މަހު މަރުވީ ހާޓް އެޓޭކެއް ޖެހިގެންނެވެ. އޭނާއަށް ހާޓް އެޓޭކް ޖެހިފައިވަނީ އިނިގރޭސިވިލާތުގެ ލަންޑަނުން ލޮސްއެންޖެލިސްއަށް ދަތުރު ކުރަމުންދަނިކޮށް ފްލައިޓު ތެރޭގައި އެވެ.

ކެރީ އެންމެ މަޝްހޫރުވެގެން ގޮސްފައިވަނީ 1977 ވަނަ ފެށި ސްޓާ ވާސްގެ ފިލްމުތަކުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް