ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަހުމަދު އަދީބު މޮލްޓާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެގައުމުގެ ފިނޭންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި އެވެ.
ނައިބު ރައީސްގެ ޝަރަފުގައި މޯލްޓާގައި ރޭ ބޭއްވި ރޭގަނޑުގެ ފަރިއްކޮޅެއްގެ ހަވާސާ އިން ނައިބު ރައީސް އާއި ފިނޭންސް މިނިސްޓަރު މަޝްވަރާ ކުރައްވާފައި ވަނީ އެސްއީޒެޑްތައް އުފެއްދުމާއި އިގްތިސާދީ ދާއިރާތަކުން ގުޅުން ބަދަހި ކުރުމާ މެދުގަ އެވެ.
ނައިބު ރައީސްގެ މި ދަތުރުފުޅުގައި އެ ގައުމުގެ ރައީސާއާ ބައްދަލު ކުރައްވައި ރައީސް އަބްދުﷲ ޔާމީންގެ ހާއްސަ ސިޓީފުޅެއް އެކަމަނާއަށް އަރުއްވައ ރަސްމީ ވާހަކަތައް ވަނީ ބާއްވަވާފަ އެވެ.
ނައިބު މޯލްޓާއަށް ވަޑައިގެންނެވީ މިސްރުގެ ސްއޭޒް ކެނަލް ހުޅުވުމަށް އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހުގަ އެވެ. މިސްރަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ގައުމުގައި ތިބޭ ދިވެހިންނާ ބައްދަލު ކުރައްވައި އެ ކުދިންގެ ހާލު ނައިބު ރައީސް ވަނީ އޮޅުންފިލުއްވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް