ކެނޯއެއްގައި ނިކުތްފަހުން ޚަބަރެއްނުވި މީހާގެ ޚަބަރެއްވެއްޖެ – ހާލު ރަނގަޅު

ކެނޯއެއްގައި ނިކުތްފަހުން ޚަބަރެއްނުވެ ހޯދަމުންދިޔަ މީހާގެ ޚަބަރެއްވެފައިވާކަމަށާއި ހާލު ރަނގަޅުކަމަށް ފުލުހުން ބުނެފިއެވެ. މީޑިއާއަށް މަޢުލޫމާތުދެމުން ފުލުހުން ކުރިން ބުނެފައިވަނީ މިއަދު ހަވީރުގެ ވަގ...

10 Jul 2025 | 17:49

ކެނޯއެއްގައި ނިކުތްފަހުން ޚަބަރެއްނުވެ ހޯދަމުންދިޔަ މީހާގެ ޚަބަރެއްވެފައިވާކަމަށާއި ހާލު ރަނގަޅުކަމަށް ފުލުހުން ބުނެފިއެވެ.

މީޑިއާއަށް މަޢުލޫމާތުދެމުން ފުލުހުން ކުރިން ބުނެފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައި ރ. އަތޮޅުގައި ހިންގާ ރިސޯޓަކުން ކެނޯއެއްގައި ނިކުތް އެ ރިސޯޓުގެ ސްޓާފެއްގެ ޚަބަރެއް ނުވާ މައްސަލަ މިރޭ 08:43 ހާއިރު ރިޕޯޓްކޮށްފައިވާކަމަށެވެ.

"އެއީ 35 އަހަރުގެ ދިވެހި ފިރިހެނެއް" ފުލުހުން ބުނެފައިވެއެވެ.

ދެންމެ ބުނެފައިވަނީ އެމީހާ ރ. ދުވާފަރަށް ގޮސްފައިވާކަމުގެ މަޢުލޫމާތު މިރޭ 22:30 ހާއިރު ލިބިފައިވާކަމަށާއި އެމީހާގެ ހާލު ރަނގަޅު ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް