ކެނޯއެއްގައި ނިކުތް ދިވެއްސަކު ގެއްލިގެން ހޯދަމުން އަންނަކަން ފުލުހުން ހާމަކޮށްފިއެވެ.
މީޑިއާއަށް މަޢުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައި ރ. އަތޮޅުގައި ހިންގާ ރިސޯޓަކުން ކެނޯއެއްގައި ނިކުތް އެ ރިސޯޓުގެ ސްޓާފެއްގެ ޚަބަރެއް ނުވާ މައްސަލަ މިރޭ 08:43 ހާއިރު ރިޕޯޓްކޮށްފައިވާކަމަށެވެ.
"އެއީ 35 އަހަރުގެ ދިވެހި ފިރިހެނެއް" ފުލުހުން ބުނެފައިވެއެވެ.
އެމީހާ ހޯދުމަށް ފުލުހުންނާއި ކައިރި ރިސޯޓުތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް