ޑިންގީއެއްގައި އެކަނި ނިކުމެ އުޅުނު 75 އަހަރުގެ މީހަކު ގެއްލިގެން އޭނާ ގެއްލުނު ސަރަހައްދުގެ ފަޅު ރަށްތައް ބަލަމުން އަންނަ ކަމަށް ދިވެހި ފުލުހުން ބުނެފިއެވެ.
މީޑިއާތަކަށް މަޢުލޫމާތުދެމުން ފުލުހުން ދެންމެ ބުނެފައިވަނީ 75 އަހަރުގެ އެމީހާއަކީ މިއަދު ހެނދުނު 09:30 ހާއިރު ގދ. ގައްދޫއިން އެ އަތޮޅު ގަމަށް ޑިންގީއެއްގައި ދަތުރުކުރި ފިރިހެނެއް ކަމަށެވެ.
"ޚަބަރެއް ވެފައިނުވާ މައްސަލަ މިއަދު ހަވީރު 05:05 ހާއިރު ރިޕޯޓްކޮށްފައިވޭ" ފުލުހުން ބުނެފައިވެއެވެ.
މިހާތަނަށް ބެލިބެލުމުން ހެނދުނު 11:15 އެހައިކަންހާއިރު އެމީހާ ގަމުން ފުރާފައިވާކަމަށް މަޢުލޫމާތު ލިބިފައިވާކަމަށާއި އެންމެ ފަހުން ފެނުނު ލައިގެން ހުރީ ނޫކުލައިގެ އަތްކުރު ގަމީހަކާއި ކަޅު ކުލައިގެ ސޯޓެއް ކަމަށްވެސް ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ އެމީހާ ހޯދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެމްއެންޑީއެފް ސައުތު ރީޖަން ކޯސްޓްގާޑުން ބޭރުކަނޑު ސަރަހައްދު ބެލުމުގެ މަސައްކަތް ކުރަމުން އަންނައިރު ގަމާއި ގަން ކައިރި ފަޅުރައްތައް ބެލުމުގެ މަސައްކަތް ދިވެހި ފުލުހުން ކުރަމުން އަންނަނީ ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް