ހުޅުމާލޭ ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް – ސިފައިންނާއި ފުލުހުން އަންނަނީ ހަރަކާތްތެރިވަމުން

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުންނަ ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭތީ ސަލާމަތީ ޚިދުމަތްތަކުން ހަރަކާތްތެރިވާންފަށައިފިއެވެ. މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިނ...

10 Jul 2025 | 14:47

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުންނަ ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭތީ ސަލާމަތީ ޚިދުމަތްތަކުން ހަރަކާތްތެރިވާންފަށައިފިއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފައިވަނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުންނަ އެންސިސްގެ ގުދަނުގައި އަލިފާން ރޯވެގެން އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސާވިސް (އެފްއާރްއެސް) އިން ހަރަކާތްތެރިވަމުން އަންނަކަމަށާއި ރިޕޯޓު ލިބުނީ މިރޭ 06:48 ހާއިރު ކަމަށެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް (އެމްޕީއެސް) އިން ބުނެފައިވަނީ ފުލުހުންނާއި އެމްއެންޑީއެފްއިން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އަލިފާނުގެ ހާދިސާ ހިނގިތާ ގަޑިއިރެއްހާއިރު ފާއިތުވެފައިވީނަމަވެސް އިތުރު އަދާހަމަތަކެއް އަދި އެ ދެ މުއައްސަސާއިން ހިއްސާކޮށްފައެއް ނުވެއެވެ.

އެންސިސްގެ އެ ގުދަން ހުންނަނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ އޮނުގަސް މަގުގައެވެ. އެއީ ޓްރީޓޮޕް ހޮސްޕިޓަލާ ދުރު ނޫން ހިސާބެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް