ހިތާމަވެރި ހާދިސާއެއް: އަވަށްޓެރި އިންޑިއާގައި ދެ ދަރިވަރަކު ބޯކޮށަން އެންގުމުން ވަޅިން ހަމަލަދީ ޕްރިންސިޕަލްގެ ފުރާނަ ދުއްވާލައިފި

އަވަށްޓެރި އިންޑިއާއަކީ އަބަދުވެސް ތަފާތު ގިނަ ހާދިސާތަކެއް ހިނގަމުން އަންނަ ޤައުމެކެވެ. މިއީ އެ ޤައުމުގެ ހަރްޔާނާ ސްޓޭޓްގެ ނަރްނައުންދު ސަރަހައްދުގެ ކަރްތާރް މެމޯރިއަލް ސީނިއަރ ސެކަންޑަރީ ސްކޫލްގައި ...

10 Jul 2025 | 11:23

އަވަށްޓެރި އިންޑިއާއަކީ އަބަދުވެސް ތަފާތު ގިނަ ހާދިސާތަކެއް ހިނގަމުން އަންނަ ޤައުމެކެވެ.

މިއީ އެ ޤައުމުގެ ހަރްޔާނާ ސްޓޭޓްގެ ނަރްނައުންދު ސަރަހައްދުގެ ކަރްތާރް މެމޯރިއަލް ސީނިއަރ ސެކަންޑަރީ ސްކޫލްގައި ދެ ދަރިވަރަކު ހިންގި ހިތާމަވެރި ގަތުލެއްގެ ވާހަކައެވެ.

އިންޑިއާގެ ފުލުހުންނާ ހަވާލާދީ ޓައިމްސް އޮފް އިންޑިއާގެ މިއަދުގެ އަދަދުގައި ބުނެފައިވާގޮތުގައި މިއަދުގެ ވަގުތެއްގައި އެ ސްކޫލުގެ ގްރޭޑް 12 ގައި ކިޔަވަމުން އަންނަ ދެ ދަރިވަރަކު ހިންގި ގަތުލެއް ކަމަށް ރިޕޯޓްކޮށްފައިވެއެވެ.

އެ ހާދިސާގައި ވަޅިއަކުން ހަމަލަދީ ފުރާނަ ދުއްވާލި ޕްރިންސިޕަލުގެ ނަމަކީ ޖާބިރު ސިންގެވެ.

ފުލުހުން ބުނެފައިވަނީ އެ ދެ ދަރިވަރުން އެ ގަތުލު ހިންގީ ދެ ދަރިވަރުންގެ ބޯކޮށަން ޕްރިންސިޕަލް އެންގުމުން ކަމަށާއި އެ ގަތުލު ހިންގުމަށް ބޭނުންކުރީ ވަޅިއެއް ކަމަށެވެ.

އެ ގަތުލު ހިންގުމަށްފަހު އެ ދެ ދަރިވަރުން ފިލާފައިވާއިރު ދެ ދަރިވަރުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ޕްރިންސިޕަލްގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމެއް ހެދުމަށް ނިންމާފައިވާކަމަށްވެސް ފުލުހުންނާ ހަވާލާދީ ޓައިމްސް އޮފް އިންޑިއާގައި ރިޕޯޓްކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް