28 ކައުންސިލަކަށް ސެކްރެޓަރީ ޖެނަރަލުން ހޯދަނީ

28 ރަށެއްގެ ރަށު ކައުންސިލުގެ އިދާރާތަކުގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް މީހުން ހޯދަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އިއުލާނު ކޮށްފި އެވެ. އެސްޖީން ހޯދަނީ ފަސް އަހަރުގެ މުއްދަތަކަށެވެ. ދެ ލެ...

10 Jul 2025 | 09:10

28 ރަށެއްގެ ރަށު ކައުންސިލުގެ އިދާރާތަކުގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް މީހުން ހޯދަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އިއުލާނު ކޮށްފި އެވެ.

އެސްޖީން ހޯދަނީ ފަސް އަހަރުގެ މުއްދަތަކަށެވެ.

ދެ ލެވެލްއެއްގައި އެސްޖީން ހޯދަމުން އަންނައިރު ލެވެލް އެކެއްގެ މުސާރަ އާއި އެގްޒެކްޓިވް އެލަވަންސްގެ ގޮތުގައި 16،100ރ. ލިބޭނެ ކަމަށް އެ އިއުލާނުގައި ބުނެފައި ވެއެވެ.

އަދި ލެވެލް ދެއަކަށް 15،285ރ. ގެ މުސާރަ އާއި އެގްޒެކްޓިވް އެލަވަންސް ލިބޭނެ ކަމަށާއި ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މުސާރައިގެ 35 ޕަސެންޓު ދޭނެ ކަމަށް ސީއެސްސީން ނެރުނު އެ އިއުލާނުގައި ބުނެފައި ވެއެވެ.

އެސްޖީން ހޯދަމުން އަންނަ 28 ކައުންސިލަކީ:

  • އދ. ހަންޏާމީދޫ ކައުންސިލް
  • ވ. ކެޔޮދޫ ކައުންސިލް
  • ވ. ތިނަދޫ ކައުންސިލް
  • ވ. ރަކީދޫ ކައުންސިލް
  • ފ. ދަރަނބޫދޫ ކައުންސިލް
  • ދ. ރިނބުދޫ ކައުންސިލް
  • ހއ. ތަކަންދޫ ކައުންސިލް
  • ހދ. ހިރިމަރަދޫ ކައުންސިލް
  • ހދ. ނޮޅިވަރަންފަރު ކައުންސިލް
  • ށ. ފޭދޫ ކައުންސިލް
  • ށ. ފީވަށް ކައުންސިލް
  • ނ. ހެނބަދޫ ކައުންސިލް
  • ނ. ވެލިދޫ ކައުންސިލް
  • ރ. ވާދޫ ކައުންސިލް
  • ރ. ރަސްމާދޫ ކައުންސިލް
  • ރ. މަޑުއްވަރީ ކައުންސިލް
  • ރ. އިންނަމާދޫ ކައުންސިލް
  • ބ. ފެހެންދޫ ކައުންސިލް
  • ބ. ހިތާދޫ ކައުންސިލް
  • އއ. ފެރިދޫ ކައުންސިލް
  • އއ. ތޮއްޑޫ ކައުންސިލް
  • ތ. ގާދިއްފުށި ކައުންސިލް
  • ތ. ތިމަރަފުށި ކައުންސިލް
  • ލ. ދަނބިދޫ ކައުންސިލް
  • ލ. މުންޑޫ ކައުންސިލް
  • ގއ. ކޮލަމާފުށި ކައުންސިލް
  • ގއ. ދެއްވަދޫ ކައުންސިލް

އެސްޖީ ކަމަށް އެދި ހުށަހަޅަން ޖެހޭ ފޯމު ފުރިހަމަކުރުމަށްފަހު  މި މަހުގެ 21 ވާ ހޯމަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން ހުށަހަޅަން ޖެހޭނެ ކަމަށް ސީއެސީން ބުނެފައިވެއެވެ.

މީގެ އިތުރުން އެ މަގާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އަދި ޕްރެޒެންޓޭޝަން އޮންނާނީ މި މަހުގެ 21  އަދި 22 އޮގަސްޓް އާ ދެމެދުގައި ކަމަށް ސީއެސްސީން ހާމަކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް