ފައްޔާޒް ރައީސް މުޢިއްޒަށް: އިއާދަނުކުރެވޭ ހިސާބަށް ކަންކަން ދިއުމުގެ ކުރިން ދުރަށްޖެހިލުން އެއީ އެންމެ ފައިދާހުރިގޮތް

އިއާދަނުކުރެވޭ ހިސާބަށް ކަންކަން ދިއުމުގެ ކުރިން ގައުމާއި ރައްޔިތުންނަށްޓަކައި ދުރަށްޖެހިލުން އެއީ އެންމެ ފައިދާހުރިގޮތްކަމުގައި އިދިކޮޅު ސިޔާސީ ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕ...

10 Jul 2025 | 08:53

އިއާދަނުކުރެވޭ ހިސާބަށް ކަންކަން ދިއުމުގެ ކުރިން ގައުމާއި ރައްޔިތުންނަށްޓަކައި ދުރަށްޖެހިލުން އެއީ އެންމެ ފައިދާހުރިގޮތްކަމުގައި އިދިކޮޅު ސިޔާސީ ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފައްޔާޒް މިހެން ވިދާޅުވީ އެކްސްގައި ރޭގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެ ޕޯސްޓްގައި ފައްޔާޒް ވިދާޅުވެފައިވަނީ ސަރުކާރުން ކުރާ ކޮންމެ ކަމެއް ފަހުން ބަދަލުކުރަން ޖެހުމުން "އުނބަށް ޖެހީޔޭ" ރައްޔިތުން ބުނާނެ ކަމަށެވެ.

"އެހެން ނަމަވެސް ގޯސްކޮށް ކޮންމެ ކަމެއް ކޮށްފައިވެސް ބޮޑެތި ގެއްލުންތަކެއް ގައުމަށް ލިބޭ ފަހުން މަޖުބޫރުވެގެންވެސް ރަނގަޅު ކުރާކަން އެއީ ވަރަށް ބޮޑު ނަސީބެއް" ފައްޔާޒް ވިދާޅުވެފައިވެއެވެ.

ފައްޔާޒް ވިދާޅުވެފައިވަނީ މިހާހިސާބަށް ކަންކަން ދިޔައިމާ ތިމަންނާއަށް މިކަން ވާނެބާއޭ އަމިއްލަ ނަފްސާ ސުވާލުކޮށްލަންޖެހޭ ކަމަށާއި ގައުމާއި ރައްޔިތުން ދެކެ އެއްވެސް ވަރެއްގެ ލޯތްބެއް އޮތްނަމަ ހިތާހިތުން އެ ސުވާލުކޮށްލައި އިއާދަނުކުރެވޭ ހިސާބަށް ކަންކަން ދިއުމުގެ ކުރިން ގައުމާއި ރައްޔިތުންނަށްޓަކައި ދުރަށް ޖެހިލުން އެއީ އެންމެ ފައިދާހުރި ގޮތް ކަމަށެވެ.

ފައްޔާޒް އެހެން ވިދާޅުވެފައިވަނީ ގުޅީފަޅު ގޯތި އެގްރީމަންޓް ކަންތަކުގައި ފަހުން ނިންމިގޮތް ކުރިން ނިންމި ގޮތަށް ބަދަލުކުރުމާއި ގުޅުވައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް