ނޯތު ހާބަރު އެކުގައި އެމްޕީއެލްއަށް – އުޅަނދުތައް ރަޖިސްޓްރީ ހުޅުވާލައިފި

މާލޭ ނޯތު ހާބަރުއެކުގައިހެން އެމްޕީއެލްއާ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންއިން ހަވާލުކޮށްފިއެވެ. އެކަން ހާމަކޮށް އެމްޕީއެލްއިން މިއަދު ބުނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވ...

10 Jul 2025 | 08:38

މާލޭ ނޯތު ހާބަރުއެކުގައިހެން އެމްޕީއެލްއާ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންއިން ހަވާލުކޮށްފިއެވެ.

އެކަން ހާމަކޮށް އެމްޕީއެލްއިން މިއަދު ބުނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އާއި މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) އާއި ދެމެދު  ސޮއިކޮށްފައިވާ ފަހުމުނާމާއެއްގެ ދަށުން، 2025 ޖޫން 4 ވަނަ ދުވަހުން ފެށިގެން މާލޭގެ އުތުރު ފަރާތު ބަނދަރު، އެމް.ޕީ.އެލް ސަރަހައްދުން ފެށިގެން މަސްމާރުކޭޓު ކުރިމަތީގައިވާ ލޯކަލް މާރުކޭޓުގެ ހުރަސްތޮށްޓާއި ހަމައަށް ވަނީ އެމް.ޕީ.އެލްއާ ހަވާލުކުރެވިފައި ކަމަށާއި އެހެންކަމުން، މި ބަނދަރު ހިންގައި ބަލަހައްޓާނީ، އެމް.ޕީ.އެލްގެ މާލޭ ނޯތު ހާބަރގެ ދަށުންކަމަށެވެ.

"މާލޭ ނޯތު ހާބަރގެ އިން މި ބަނދަރު ހިންގުމާ ހަވާލުވުމާއެކު، މި ބަނދަރުން 2025 އޯގަސްޓް 1 ވަނަ ދުވަހުން ފެށިގެން ޚިދުމަތް ދޭނީ މާލޭ ނޯތު ހާބާރގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދު ފަހަރަށް، މި ބަނދަރުން ޚިދުމަތް ހޯދަން ބޭނުންވާ އުޅަނދު ފަހަރުގެ ތެރެއިން، މިހާތަނަށް މާލޭ ނޯތު ހާބަރގައި ރަޖިސްޓްރީކޮށްފައިނުވާ އުޅަނދުތަކަށް މިހާރު ވަނީ ރަޖިސްޓްރީކުރުމުގެ ފުރުސަތު ހުޅުވާލާފައި" އެމްޕީއެލްއިން ބުނެފައިވެއެވެ.

އަދި 2025 ސެޕްޓެމްބަރ 1 ވަނަ ދުވަހުން ފެށިގެން އަލަށް މާލޭ ނޯތު ހާބަރގެ ދަށަށް ކަނޑައެޅުނު ސަރަހައްދުން ޚިދުމަތް ފޯރުކޮށްދޭނީ މާލޭ ނޯތު ހާބަރ ހިންގުމުގެ އުސޫލުގެ ދަށުންނެވެ. މާލޭ ނޯތު ހާބަރ ހިންގުމުގެ އުސޫލާއި ޓެރިފް މީގެ ކުރިން ވާނީ ގެޒެޓްކޮށްފައި ކަމަށާއި މި ބަދަލާއި ގުޅިގެން ޚިދުމަތް ހޯއްދަވާ ފަރާތްތަކުން އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ، މާލޭ ނޯތު ހާބަރގެ އޮޕަރޭޝަންސް ނަންބަރ 3006545 އަށް ގުޅުއްވުމަށް އެދޭކަމަށްވެސް އެމްޕީއެލްއިން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް