ގަބުރުސްތާނުތައް ނަގައި ކުޅިވަރުކުޅޭ ތަންތަން ހެދުމަކީ ހުއްދަކަމެއް ނޫން ކަމަށް ދިވެހި ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ނިންމައިފިއެވެ.
ފަތުވާ މަޖިލީހުން މިހެން ބުނެފައި މިވަނީ މާލޭގެ ބައެއް ސަހަރާތައް ހުސްކުރުމަށް ފަހު އެ ތަނުގައި ޕާކިން ޒޯނާއި ކުޅިވަރު ކުޅޭ ތައްތައް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.
އެގޮތުން މިކަމަށް އިޝާރާތްކުރައްވާ ފަތުވާ މަޖިލީހުން މިއަދު އާއްމު ކުރި ފަތުވާގައި ބުނީ އިސްލާމްދީން ވަނީ އާދަމްގެފާނުންގެ ދަރީން، އެކަލާނގެ އުފެއްދެވި ގިނަ މަޚުލޫޤުތަކުންގެ މައްޗަށް މާތްކުރައްވައި މަތިވެރި ކުރައްވާފައި ކަމަށާއި އިންސާނުންގެ މި މަތިވެރިކަމަކީ މުސްލިމު އަޚާ ދިރިހުރުމާ ގުޅިފައިވާކަމެއް ނޫން ކަމަށާއި މަރުވުމަށް ފަހު ވެސް އެ އިޙުތިރާމު ދެމި އޮންނާނެ ކަމަށެވެ.
"މިއީ އިސްލާމީ ޝަރީއަތުގައ،ި ގިނަގުނަ ވައީދުގެ ބަސްފުޅުތައް ވާރިދުވެފައިވާ ކަމަކަށްވާއިރު، ކުޅިވަރު ކުޅޭ ތަންތަނާއި ހިތްފަސޭހަ މައިޒާން ފަދަ ތަންތަން ހެދުމަށް މުސްލިމުންގެ ގަބުރުސްތާނުތައް އުވާލުން ނުވަތަ ނެގުން ހުއްދައެއް ނުވާނެ" ފަތުވާ މަޖިލީހުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް