ފަލަސްތީނުގެ މުސްލިމުން އެ މީހުންގެ ވަޒަނުން ބޭރުކުރަން ކުރާ މަސައްކަތް ފެއިލްވާނެކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ އެމަނިކުފާނުގެ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ނަޝީދު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ފަލަސްތީނުގެ އެއްވެސް ސަރަހައްދަކުން އެގައުމުގެ ރައްޔިތުން ބޭރުކޮށްލުމުގެ ޕްލޭން ވާނީ ފެއިލް ކަމަށެވެ.
"އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ޖަރީމާ ހުއްޓާލައި ސުލްހަ އަށް މަސައްކަތް ކުރަން ޖެހޭ، ފަލަސްތީނުގެ މައްސަލައިގައި ހަމަހަމަ ކަމާއި ދެމެހެއްޓެނިވި ހައްލެއް ގެނެސް ކަރާމާތާއި ހައްގުތަކާއި ސުލްހަމަސަލަސްކަން ބޭނުންވޭ" ކުރީގެ ރައީސް ނަޝީދުގެ ޕޯސްޓުގައި ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް