ސިންގަޕޫރުގައި އަންހެން ޓީޗަރަކު 14 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތު – 15 އަހަރުގެ ޖަލު ހުކުމެއް އަންނާނެ !

ސިންގަޕޫރުގައި ޕްރައިމަރީ ސްކޫލު ޓީޗަރަކު އޭނާ އުނގަންނައިދޭ 14 އަހަރުގެ ފިރިހެން ދަރިވަރަކަށް އެކި ފަހަރު މަތިން ޖިންސީ ގޯނާކޮށް އެ ދަރިވަރާއެކު ޖިންސީ ގުޅުން ހިންގި ކަމުގެ ދަޢުވާ އުފުލައިފިއެވެ. ސިނ...

10 Jul 2025 | 05:19

ސިންގަޕޫރުގައި ޕްރައިމަރީ ސްކޫލު ޓީޗަރަކު އޭނާ އުނގަންނައިދޭ 14 އަހަރުގެ ފިރިހެން ދަރިވަރަކަށް އެކި ފަހަރު މަތިން ޖިންސީ ގޯނާކޮށް އެ ދަރިވަރާއެކު ޖިންސީ ގުޅުން ހިންގި ކަމުގެ ދަޢުވާ އުފުލައިފިއެވެ.

ސިންގަޕޫރު މީޑިއާތަކުން ބުނާގޮތުގައި އުމުރުން 34 އަހަރުގެ އެ އަންހެން ޓީޗަރު އެ އަމަލު ހިންގާފައިވަނީ 2019 ވަނަ އަހަރުގައެވެ.

އެ އަހަރުގެ ފެބްރުއަރީ 20 އަދި އޮކްޓޯބަރު އަށެއްގައި އެ އަންހެން ޓީޗަރު އެ ދަރިވަރު، ކާރު ޕާކު ކުރާ ތާކަށް ގެންގޮސް ކާރުގެތެރޭގައި ޖިންސީގޯނާކުރިކަމުގެ ތުހުމަތުކޮށް ދައުވާ އުފުލާފައިވާކަމަށް ކޯޓު ލިޔެކިޔުންތަކާ ހަވާލާދީ ސިންގަޕޫރު މީޑިއާގައި ރިޕޯޓުކޮށްފައިވެއެވެ.

އުފުލާފައިވާ ދައުވާތަކުން ޖިންސީ ގޯނާގެ ކުށް ސާބިތުވެއްޖެނަމަ 10 އަހަރުގެ ޖަލުހުކުމެއް އަންނާނެއެވެ. އަދި ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގިކަމުގެ ކުށް ސާބިތުވެއްޖެނަމަ އިތުރު ފަސް އަހަރުގެ ޖަލު ހުކުމަކާއި 10 ހާސް ޑޮލަރުގެ ޖޫރިމަނާއެއް އަންނާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް