ޙައްޖު ކްލިނިކްގެ ޚިދުމަތްތައް ހުއްޓާލައިފި

ޙައްޖު އެނބުރި ވަޑައިގެންނެވި ފަރާތްތަކަށް  އައިޖީއެމްއެޗްގައި ހުޅުވި ޙައްޖު ކްލިނިކްގެ ޚިދުމަތްތައް ހުއްޓާލާފައިވާ ކަމަށް އައިޖީއެމްއެޗް ހޮސްޕިޓަލުން ބުނެފިއެވެ. އައިޖީއެމްއެޗުން ބުނީ، ކްލިނިކުން ޚިދ...

10 Jul 2024 | 15:31

ޙައްޖު އެނބުރި ވަޑައިގެންނެވި ފަރާތްތަކަށް  އައިޖީއެމްއެޗްގައި ހުޅުވި ޙައްޖު ކްލިނިކްގެ ޚިދުމަތްތައް ހުއްޓާލާފައިވާ ކަމަށް އައިޖީއެމްއެޗް ހޮސްޕިޓަލުން ބުނެފިއެވެ.

އައިޖީއެމްއެޗުން ބުނީ، ކްލިނިކުން ޚިދުމަތް ހޯދަވާ ފަރާތްތަކުގެ އަދަދު މަދުވެފައިވާތީ މިއަދުން ފެށިގެން ޙައްޖު ކްލިނިކްގެ ޚިދުމަތްތައް ހުއްޓާލުމަށް ނިންމަވާފައިވާ ކަމަށެވެ.

އަދި އެ ހޮސްޕިޓަލުން ޚިދުމަތް ހޯދައްވަވާ ފަރާތްތަކުން ރޯގާގެ އެއްވެސް އަލާމަތެއް ހުރެއްޖެ ނަމަ ޚިދުމަތް ހޯދުމަށް އަންނަ އިރު މާސްކު އަޅުއްވައިގެން އައުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ޙައްޖުވެރިން ޙައްޖުގެ އަޅުކަމަށް ފަހު ރާއްޖެ އަންނަ ދުވަސްވަރަކީ އެކި ކަހަލަ ބަލިތައް ފެތުރޭ ދުވަސްވަރެއް ކަމުން ސިއްޙީ ޚިދުމަތްތަކުން ޙައްޖުވެރިންނާއި އާއްމުންގެ ރައްކާތެރިކަމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް