ކޮރެއާއިން ރާއްޖެއަށް އެކްސްރޭ މެޝިނެއް ހަދިޔާކޮށްފި

ދެކުނު ކޮރެއާ ސަރުކާރުން ރާއްޖެއަށް 98،000 ޑޮލަރުގެ އެކްސްރޭ މެޝިނެއް ހަދިޔާކޮށްފިއެވެ. މި އެކްސްރޭ މެޝިނަކީ ކޮރެއަން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ ( ކޮއިކާ) ކުންފުނިން ރާއްޖެއަށް ހަދިޔާކޮށްފައިވ...

10 Jul 2024 | 09:43

ދެކުނު ކޮރެއާ ސަރުކާރުން ރާއްޖެއަށް 98،000 ޑޮލަރުގެ އެކްސްރޭ މެޝިނެއް ހަދިޔާކޮށްފިއެވެ.

މި އެކްސްރޭ މެޝިނަކީ ކޮރެއަން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ ( ކޮއިކާ) ކުންފުނިން ރާއްޖެއަށް ހަދިޔާކޮށްފައިވަނީ ޕޯރަޞްލް އެކްސްރޭ މެޝިނެކެވެ.

ހެލްތް މިނިސްޓްރީގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓްރީގެ އިސްވެރިންނާއި ފޮރިން މިނިސްޓްރީގެ ސްކެޓްރީ އޮފް އިކޮނޮމިކް ކޯޕަރޭޝަން ޑރ. ހުސެއިން ނިޔާޒުވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. މިނިސްޓްރީގެ ފަރާތުން އެކްސްރޭ މެޝިން ޙަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޚަދީޖާ އަބުދުލްޞަމަދު އަބުދުﷲ އެވެ. ކޮރެއާ ސަރުކާރުގެ ފަރާތުން މެޝިން ޙަވާކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮރެއާއިންރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސެޑަރ ހަރ އެކްސެލެންސީ މިޔޯން ލީ އެވެ.

ހެލްތު މިނިސްޓްރީން ބުނީ، މި އެކްސްރޭ މެޝިނަކީ ކޮރެއާ ސަރުކާރާއި ދިވެހިރާއްޖެއާއި ދެމެދު އޮންނަ ގުޅުން ވަރުގަދަކޮށް ޞީއްޚީ ދާއިރާއަށް އެއްބާރުލުން ދިނުމުގެ ގޮތުން ހަދިޔާކުރެވުނު އެކްސްރޭ މެޝިނެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް