ރައީސް މުޢިއްޒު ލަންކާއަށް ވަޑައިގަންނަވަނީ

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަވަށްޓެރި ސްރީ ލަންކާއަށް ވަޑައިގަންނަވަން ނިންމާފައިވާކަމުގައި ރިޕޯޓުކޮށްފިއެވެ. އެގޮތުން ބައިނަލްއަޤްވާމީ މީޑިއާގައި ރިޕޯޓުކޮށްފައިވާގޮތުގައި ރ...

10 Jul 2024 | 07:08

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަވަށްޓެރި ސްރީ ލަންކާއަށް ވަޑައިގަންނަވަން ނިންމާފައިވާކަމުގައި ރިޕޯޓުކޮށްފިއެވެ.

އެގޮތުން ބައިނަލްއަޤްވާމީ މީޑިއާގައި ރިޕޯޓުކޮށްފައިވާގޮތުގައި ރައީސް ލަންކާއަށް ވަޑައިގަންނަވާނީ އަންނަ އޯގަސްޓް މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައެވެ. އަދި މިއީ ރައީސް ލަންކާއަށް ކުރެއްވުމަށް ހަމަޖެހިފައިވާ ރަސްމީ ދަތުރުޅެއްކަމުގައިވެސް ރިޕޯޓުކޮށްފައިވެއެވެ.

ރައީސްގެ މި ދަތުރުފުޅުގައި ދެ ޤައުމުގެ ގުޅުން ބަދަހިކުރުމުގެ މަޝްވަރާތަކުގެ އިތުރުން ކުށްވެރިންނާ ބެހޭ މައްސަލަތަކާއިގުޅޭ އެއްބަސްވުމެއްގައި ދެ ޤައުމުން ސޮއިކުރާނެކަމުގައިވެސް ރިޕޯޓުކޮށްފައިވެއެވެ. އަދި މީގެ އިތުރުން ސަލާމަތީ ކަންކަމާއި ވިޔަފާރީގެ ކަންކަމާއި ތައުލީމާއި ޞިއްޙަތާއި ގުޅޭ ދާއިރާތަކުން ދެ ޤައުމުގެ ދެމެދުގައި މަޝްވަރާތައް ކުރިއަށްގެންދާނެކަމުގައިވެސް ރިޕޯޓުކޮށްފައިވެއެވެ.

ރައީސްގެ މި ދަތުރުފުޅު ވެގެންދާނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ލަންކާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް