ރަށްރަށުގައި ފުޓްސަލް ދަނޑުތައް އެޅުމާއި މަލްޓި ޕާޕަސް ހޯލް އެޅުން ހުއްޓާލަންވެއްޖެ ކަމުގައި ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ޑިމޮކްރެޓްސްގެ ދަ ޑިމޮކްރެޓްސް ހައުސްގައި މިރޭ ކުރިއަށްދާ "ގާނޫނު އަސާސީއަށް ގެންނާން ފެންނަ ނިޒާމީ ބަދަލުތައް، ރައީސް ނަޝީދާއެކު" މަޝްވަރާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެ މައުލޫގައި ރައީސް ނަޝީދު ވިދާޅުވީ ހަދާ ހުރިހާ ކޮންކްރީޓެއް މަޑުޖައްސާލާފައި ވިސްނާލަންވެއްޖެ ކަމަށާއި ގައުމު ދާން މިއުޅެނީ ގައުމަށް ވާން މިއުޅެނީ ކިހިނެއްތޯ ވިސްނާލަން ވެއްޖެ ކަމަށެވެ.
"ޓެކްސް އާމްދަނީ އިންތިހާއަށް އިތުރުވެއްޖެ، މީ އެތައް ބިލިޔަން ރުފިޔާއެއްގެ ފައިސާ" ރައީސް ނަޝީދު ވިދާޅުވިއެވެ.
ހަމަ އެ ނޭވާގައި ރައީސް ނަޝީދު ވިދާޅުވީ ރާސް ރާސް ލާފައި ހަރަދު ކުރާއިރު ފައިސާ ގިނަ ފައިސާ ނުވެސް ނެތް ކަމަށާއި ދަރަންޏަށާއި ލިބުނު ގޮތަކަށް ހޯދައިގެން ހަރަދުކުރަނީ ކަމަށެވެ.
"އަޅުގަނޑު ދެކޭގޮތުގައި މިފަހަރު ރިޔާސީ އިންތިހާބުގައި ދައްކަމުންދާންވީ ވާހަކައަކީ ކިހިނެއްހޭ މިވަނީ ރާއްޖެ މިދާމަގުން ދިޔައިމަ ކޮންތާކަށްތޯއޭ ދެވޭނީ" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރަށްރަށުގެ މަގުތަކުގައި ތާރުއެޅުމަށްވެސް ރައީސް ނަޝީދު ފާޑު ވިދާޅުވިއެވެ. އެގޮތުން ވިދާޅުވީ ބައެއް ރަށްރަށަށް ޒިޔާރަތް ކުރެއްވިއިރު ބައެއް ރަށްރަށުގައި މުޅިން އެކީ އެކައްޗަކަށް ތާރު އަޅާފައި އޮންނައިރު ބައެއް މަގު މަގު ނުހިނގާ ނުހިނގާ ހަލާކުވެފައިވާކަމަށެވެ.
"ކޮންމެ ރަށެއްގައިވެސް ހަމަ ސިލޯނާ އިންޑިއާގައިވެސް އަޅާގޮތަށް ތާރު މި އަޅަކީ، މީ ވައްލަ ބިސް އަޅަން ހުރި ރަށްތަކެއް، މަގެއް ހަދާނެ ގޮތަކ އިމާރާތް ކުރުމާ ގުޅޭގޮތުން ފުންކޮށް ވިސްނަން ޖެހޭ" ރައީސް ނަޝީދު ވިދާޅުވިއެވެ.
ޑިމޮކްރެޓްސްގެ މިރޭގެ މަޝްވަރާތައް ލީޑް ކުރެއްވީ ރައީސް ނަޝީދެވެ. އެހެން ނަމަވެސް ރައީސް ނަޝީދު އަދި އެ ޕާޓީއާއި ގުޅިވަޑައިގެންފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް