އަށް ގައުމެއްގައި ރިޔާސީ އިންތިހާބުގެ ވޯޓުފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަން (އީސީ)އިން ނިންމައިފިއެވެ.
އީސީގެ ނައިބުރައީސް އިސްމާއީލް ހަބީބް ވިދާޅުވީ، މިފަހަރުގެ އިންތިހާބުގައި ޖުމުލަ604 ވޯޓުފޮށި ބަހައްޓަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް ރީ-ރަޖިސްޓްރޭޝަންއާ ގުޅިގެން މި އަދަދަށް ބަދަލު އައުން އެކަށީގެންވާ ކަމަށް ހަބީބު ވިދާޅުވިއެވެ.
ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓަނީ އިންޑިޔާ، ސިންގަޕޫރް، ތައިލޭންޑް، ސްރީލަންކާ، އަބޫދާބީ، މެލޭޝިއާ، އިނގިރޭސިވިލާތް އަދި ޖަޕާނުގައެވެ.
އަތޮޅުތެރޭގައި 319 ވޯޓު ފޮށި ބަހައްޓަން ނިންމާފައި ވާއިރު، މަލޭގައި138 ވޯޓުފޮށި ބަހައްޓާނެއެވެ. އަދި ހުޅުމާލޭގައި39 ވޯޓު ފޮށި، ވިލިމާލޭގައި10 ވޯޓުފޮށި، ރިސޯޓުތަކުގައި78 ވޯޓުފޮށީގެ އިތުރުން ޖަލުތަކުގައި ފަސް ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައި ވެއެވެެ.
ސިނާއީ ސަރަހައްދުތަކުގެ ގޮތުގައި ވޯޓުފޮށި ބަހައްޓާނީ ހުޅުލެއާއި ތިލަފުށީގައެވެ.
ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހުއެވެ. ދެ ވަނަ ބުރު ބާއްވަން ޖެހިއްޖެ ނަމަ އޮންނާނީ އެ މަހުގެ 30 ވަނަ ދުވަހު އެވެ.
އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ 282،755 މީހުން އެބަތިއްބެވެ. އޭގެ ތެރެއިން ހިމެނެނީ 144،408 ފިރިހެނުންނާއި 138،347 އަންހެނުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް