އައްޑޫގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ

އައްޑޫ ސިޓީގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ. އައްޑޫ ލައިވްއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، މަރުވެފައި ވަނީ އުމުރުން ދުވަސްވީ އަންހެނެކެވެ. އަދި އޭނާ މަރުވެފައި އޮއްވާ ފެނިފައި ވަނީ ހުޅުދޫގެ ކަ...

10 Jul 2023 | 10:16

އައްޑޫ ސިޓީގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.

އައްޑޫ ލައިވްއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، މަރުވެފައި ވަނީ އުމުރުން ދުވަސްވީ އަންހެނެކެވެ. އަދި އޭނާ މަރުވެފައި އޮއްވާ ފެނިފައި ވަނީ ހުޅުދޫގެ ކަނޑޫއެޅެ ބީޗް ސަރަހައްދުންނެވެ.

އެ އަންހެން މީހާ މަރުވެފައި އޮއްވާ ފެނުނީ މިއަދު މެންދުރުއެވެ.

އަތިރިމަތިން އަންހެން މީހާ ފެނުމާއެކު ވަނީ ހުޅުދޫ ސިއްހީ މަރުކަޒަށް ގެންގޮސްފައެވެ. ނަމަވެސް ގެންދިޔައިރުވެސް އޭނާ މަރުވެފައި ވާކަމަށް ސިއްހީ މަރުކަޒުން މައުލޫމާތު ދިނެވެ.

އައްޑޫ ލައިނވްގައި ވާގޮތުން، އެ އަންހެން މީހާއަކީ އާއްމުކޮށްވެސް އެ ސަރަހައްދު މޫދަށް ގޮސްއުޅޭ މީހެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް