ތުރުކީގެ ޔުނިވަރސިޓީއެއްގެ ފެކަލްޓީއަކުން ރާއްޖޭގެ ދަރިވަރަަކަށް އެއްވަނަ!

ތުރުކީ އަންކާރާގައި ހުންނަ ޔިލްޑިރިމް ބެޔަޒިތް ޔުނިވަރސިޓީ އިން ބެޗްލަރސް އިން އިންޓަރނޭޝަނަލް ޓްރޭޑް އެންޑް ބިޒްނަސްއިން އެއްވަނަ ރާއްޖޭގެ ދަރިވަރަކު ހާސިލު ކޮށްފިއެވެ. އެއްވަނަ ހާސިލު ކޮށްފައި ވަނީ ...

10 Jul 2023 | 09:44

ތުރުކީ އަންކާރާގައި ހުންނަ ޔިލްޑިރިމް ބެޔަޒިތް ޔުނިވަރސިޓީ އިން ބެޗްލަރސް އިން އިންޓަރނޭޝަނަލް ޓްރޭޑް އެންޑް ބިޒްނަސްއިން އެއްވަނަ ރާއްޖޭގެ ދަރިވަރަކު ހާސިލު ކޮށްފިއެވެ.

އެއްވަނަ ހާސިލު ކޮށްފައި ވަނީ ތ. ހިރިލަންދޫ / މީނާޒު، މަރިޔަމް ނަޝްވާ އެވެ.

ހޯދި ކާމިޔާބީއާއެކު ނަޝްވާ ރަށަށް ދިއުމާއެކު އެރަށުން ވަނީ އޭނާއަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. ނަޝްވާ ވަނީ މުޅި އެ ކޮލެޖުގެ އިންޓަރނޭޝަނަލް ޓްރޭޑް އެންޑް ބިޒްނަސް ޑިޕާޓްމެންޓާއި، މުޅި ބިޒްނެސް ފެކަލްޓީ އިންވެސް އެއްވަނަ ހޯދާފައިއެވެ.

ހިރިލަންދޫ ކައުންސިލް އިން ބުނީ އުންމީދަކީ މިފަދަ ހުނަރުވެރި އިތުރު ދަރިންތަކެއް މުސްތަޤްބަލުގައި އެރަށުން ނުކުމެ، ރަށަށް އިތުރު ފަޚްރުވެރި ވަނަތައް ހޯދައިދިނުމަށް ކަމެވެ. އެ ކައުންސިލުން ވަނީ ނަޝްވާއަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

ކިޔެވުމުންނާއި ކުޅިވަރުން މުޅި ދުނިޔެ އަދި ރާއްޖެއިން މިފަދަ ކާމިޔާބު އެވޯޑުތަށް ހާސިލް ކުރާ ދަރިވަރުންނަށް އަތޮޅުތަކުންނާއި ރައްރަށުން ދަނީ ހޫނު މަރުހަބާ ކިޔަމުންނެވެ. އަދި އެފަދަ އިތުރު ކުދިންތައް ރަށްރަށުގައި އުފެދުމަށް ދަނީ އެދެމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް