މީމު އެއަރޕޯރޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 60 ޕަސެންޓް ނިމިއްޖެކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.
އެމްޓީސީސީ އިން ބުނީ މި އެއަރޕޯރޓް ގޮނޑުދޮށުގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ވަނީ ނިމިފައި ކަމަށެވެ. އަދި ފަޔަރ ރޯޑާއި ފަޔަރ ޕެޑްގެ ސަބްގްރޭޑް މަސައްކަތްތައްވެސް ވަނީ ނިމިފައިކަމަށް އެމްޓީސީސީ އިން ބުނެފައިވެއެވެ.
މި މަޝްރޫޢުގެ ދަށުން، 14 ހެކްޓަރުގެ ބިން ހިއްކުމާއި، 1812 މީޓަރުގެ ސަރަޙައްދެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި، 1200 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއެއް ޤާއިމުކުރުމާއި، ޓެކްސީވޭއަކާއި އޭޕްރަންއެއް ހެދުމުގެ މަސައްކަތް ހިމެނެއެވެ.
މިއީ ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ 230.10 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ.
މި މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ހާމަކޮށްފައިވަނީ މީމު އެއަރޕޯރޓް ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ދަށުން، ރަންވޭގެ އޭބީސީ މަސައްކަތްތައް 27 އޭޕްރީލް 2023 ވަނަ ދުވަހު ފަށާފައިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް