އެމްޑީޕީއިން ބޭނުންވި ގޮތަށް ކޮމިޓީތައް އެކުލަވާލަން ފާސްވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެމްބަރުން ބޭނުންވި ގޮތަށް މަޖިލީހުގެ ކޮމިޓީތައް އެކުލަވާލަން ފާސްވެއްޖެއެވެ. ކޮމިޓީތައް އަލުން އެކުލަވާލަން ޖެހުނީ ވެރިކަން ކުރާ ޕާޓީ އެމްޑީޕީއިން13 މެމަބަރުން ވަކިވު...

10 Jul 2023 | 05:44

ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެމްބަރުން ބޭނުންވި ގޮތަށް މަޖިލީހުގެ ކޮމިޓީތައް އެކުލަވާލަން ފާސްވެއްޖެއެވެ.

ކޮމިޓީތައް އަލުން އެކުލަވާލަން ޖެހުނީ ވެރިކަން ކުރާ ޕާޓީ އެމްޑީޕީއިން13 މެމަބަރުން ވަކިވުމާ ގުޅިގެންނެވެ. އަދި އަމިއްލަ ކެނޑިޑޭޓުންގެ ގޮތުގައި ހޮވުނު ބައެއް މެމްބަރުން އެމްޑީޕީއާ ގުޅުމުންނެވެ.

މަޖިލީހުގެ މިއަދުގެ ތަޅުމުގައި، އިދިކޮޅު ޕީޕީއެމް ކޯޅިޝަނާއި ޑިމޮކްރެޓްސްއިން، ކޮމިޓީތައް އެކުލަވާލަން ހުށަހެޅި އިސްލާހުތައް ފާހެއް ނުވިއެވެ.

އިދިކޮޅު މެމްބަރުން މަސައްކަތް ކުރެއްވީ ސަރުކާރުގެ މަސްއޫލިއްޔަތު ބަލާ ކޮމިޓީއާއި ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީގެ އަޣުލަބިއްޔަތު ހޯދުމަށެވެ. ނަމަވެސް އިދިކޮޅުން ހުށަހެޅި އެއްވެސް އިސްލާހަކަށް އެމްޑީޕީގެ މެމްބަރުން ތާއީދެއް ނުކުރިއެވެ.

މާލިއްޔަތު ކޮމިޓީއާއި ޖުޑީޝަރީ ކޮމިޓީގައި އެމްޑީޕީގެ އަޣުލަބިއްޔަތު ނޯންނާނެ ގޮތެއް ހެދުމަށްވެސް އިދިކޮޅުން އިސްލާހު ހުށަހެޅިއެވެ. ނަމަވެސް އެ އިސްލާހުވެސް ފާހެއް ނުވެއެވެ.

ކޮމިޓީތައް އިސްލާހު ކުރަން އިދިކޮޅުން ހުށަހެޅި10 އިސްލާހުވެސް ފާހެއް ނުވިއެވެ. އެ އިސްލާހުތަކަށް ވޯޓުދިނީ13 މެމްބަރުންނެވެ. އިސްލާހުތަކާއި ދެކޮޅަށް 35 މެމްބަރުން ވަނީ ވޯޓު ދީފައެވެ. އަދި ރިޕޯޓު ފާސްކުރުމާ ދެކޮޅަށް13 މެމްބަރުން ވޯޓު ދިނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް