ށ އަތޮޅުގެ ތިން ރަށެއްގައި ފަތާ ސަރަހައްދެއް ގާއިމުކުރަން ސަރުކާރުން އެމްޓީސީސީއާ ހަވާލު ކޮށްފިއެވެ.
ފަތާ ސަރަހައްދުގާއިމު ކުރަން ހަމަޖެހިފައި ވަނީ ށ. ފީވައ،ް ށ. ފޭދޫ އަދި ށ. ފޯކައިދޫގައިެވެ.
މި މަޝްރޫޢު ހަވާލުކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައ،ި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިންގ އޮފިސަރ ޝާހިދު ހުސައިން މޫސާއެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވ،ީ ޑިރެކްޓަރ ޖެނެރަލް ފާތުމަތު ޝާނާ ފާރޫޤެވެ.
ށ. އަތޮޅުގެ ގިނަ ރަށްތަކަކީ ފަޅުގެ ޖާގަ ކުޑަ ގާމަތީ ރަށްތަކެއްކަމުން، މޫދަށް އެރިލާނެ ރީތި ތުނޑިއެއް ނުވަތަ ގޮނޑުދޮށެއްއޮންނަނީ މީގެން ވަރަށް މަދު ރަށެއްގައެވ.ެ މި އަތޮޅުގެ ތިން ރަށްކަމަށްވާ ފީވައް، ފޭދޫ އަދި ފޯކައިދޫއަކީ ވެސް މިފަދަ ރަށްތަކެކެވެ.
މި ތިން ރަށުގެ ފަޅު ކުޑަކަމުން، މޫދަށް އާންމުކޮށް އެރޭ ސަރަހައްދުތަކުގައިވެސް އޮއެ ހުންނަނީ ގަދަކޮށެވެ. އަދި މިކަން ވަކިން ބޮޑަށް ހުޅަނގު ނަކަތްތަކުގައި މޫސުން ގޯސްވާއިރު ފާހަގަކުރެވެއެވެ. އަމާންކަމާއެކު ފަތާލެވޭނެ ހިތްގައިމު ފަތާ ސަރަހައްދެއް ރަށުގައި އޮތުމަކީ މި ތިން ރަށުގެ 3,000 އެއްހާ ރައްޔިތުންގެ ވަރަށް ބޮޑު އުންމީދެކެވެ.
އެހެންކަމުން މި މަޝްރޫޢުއާއިއެކ،ު ށ. އަތޮޅު ފީވައް، ފޭދޫ އަދި ފޯކައިދޫގައި އަމާން ހިތްގައިމު ފަތާ ސަރަހައްދެއް މުސްތަޤުބަލުގައި ޤާއިމްވެގެން ދިޔުމަކީ މި ތިން ރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑު އުފަލަކާއި ހިތްހަމަޖެހުމެއް ލިބިގެންދާނެ ކަމެއްގެ ގޮތުގައި އެމްޓީސީސީން ސިފަކުރެއެވެ.
މި މަޝްރޫޢުގެ ދަށުން، 2,500 އަކަމީޓަރުގެ ފަތާ ސަރަހައްދެއް (25x100) ށ. ފީވަކުގައި ޤާއިމްކުރުމަށް 97 މީޓަރުގެ ބޭރު ތޮއްޓެއް ލުމާއި އަދި 50 މީޓަރުގެ ގްރޮއިންސް ޖެހުމުގެ މަސައްކަތް ކުރުން ހިމެނެއެވެ. ހަމައެހެންމެ، 1,620
އަކަމީޓަރުގެ ފަތާ ސަރަހައްދެއް (30x54) ށ. ފޭދޫގައި ޤާއިމްކުރުމަށް 62 މީޓަރުގެ ބޭރު ތޮއްޓެއް ލުމާއި އަދި 50 މީޓަރުގެ ގްރޮއިންސްޖެހުމުގެ މަސައްކަތް ކުރުންވެސް ހިމެނެއެވެ. އަދ،ި 2,100 އަކަމީޓަރުގެ ފަތާ ސަރަހައްދެއް (30x70)
ށ. ފޯކައިދޫގައި ޤާއިމްކުރުމަށް 101.56 މީޓަރުގެ ބޭރު ތޮއްޓެއް ލުމާއި އަދި 40 މީޓަރުގެ ގްރޮއިންސްޖެހުމުގެ މަސައްކަތް ކުރުންވެސް ހިމެނެއެވެ.
މި މަޝްރޫޢަކީ 16.61 މިލިއަން ރުފިޔާއަށް 210 ދުވަސް ތެރޭ ނިންމުމަށް އެ ކުންފުންޏާ ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް