ރައްޔިތުންގެ މަޖިލީހަށް ސިފައިން ވެއްދޭނީ މަޖިލީހުގެ ރައީސަށް ކަމުގައި ވިދާޅުވެ އެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރައްދު ދެއްވައިފިއެވެ.
ރޭގައި ކެމްޕޭނު ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ރައީސް ނަޝީދު ކޮންމެ ގޮތަކަށް ކަންތައް ކުރެއްވިޔަސް ހުއްޓުވަން އެ މަޖިލީހަށް ސިފައިން ނުފޮނުވާނެ ކަމަށެވެ.
އެކަމަށް ރައްދު ދެއްވަމުން ރައީސް ނަޝީދު މިއަދު ވިދާޅުވީ މަޖިލީހުގެ ކަންކަމަށް ސިފައިންގެ އެހީތެރިކަމަށް އެދުމަކީ ގާނޫނީ ގޮތުން ރައީސުލްޖުމްހޫރިއްޔާއާ ބެހޭ ކަމެއް ނޫން ކަމަށެވެ.
މަޖިލިސް އަށް ސިފައިން ވެއްދުމާއި ނުވެއްދުމަކީ މަޖިލިސް ގެ ރައީސްގެ އިހްތިޔާރުގައި އޮންނަ ކަމެއްކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް