ކޮމަންވެލްތް އެސޯސިއޭޝަން އޮފް ޓެކްސް އެޑްމިނިސްޓްރޭޝަން (ކާޓާ) ގެ 43 ވަނަ އަހަރީ ޓެކްނިކަލް ކޮންފަރެންސް، ފުރަތަމަ ފަހަރަށް، މި އަހަރު ދިވެހިރާއްޖޭގައި ބޭއްވުމަށް ނިންމައިފިއެވެ.
މި ކޮންފަރެންސަކީ ނިސްބަތްވާ ގައުމުތަކުގެ ޓެކްސް އިދާރާތަކުން ބައިވެރިވާ، އަދި ކޮންމެ އަހަރަކުވެސް ތަފާތު މެންބަރު ގައުމެއްގައި ބާއްވާ ހަރަކާތެކެވެ. މިގޮތުން މި އަހަރު ރާއްޖޭގެ ފަރާތުން މި ހަރަކާތް ރާވާ އިންތިޒާމުކޮށްފައިވަނީ މީރާގެ ފަރާތުންނެވެ. މި ކޮންފަރެންސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން ބުރާސްފަތީގެ ނިޔަލަށް އަށް ވިލާ ނޯޓިކާ – ޕެރެޑައިސް އައިލެންޑްގައެވެ.
މި ކޮންފަރެންސްގައި 29 ގައުމަކުން އަދި ބައިނަލްއަގްވާމީ ނުވަ އިދާރާތަކުގެ ޓެކުހާބެހޭ މާހިރުން ބައިވެރިވުވުމަށް ހަމަޖެހިފައިވާކަމަށް މީރާއިން މައުލޫމާތުދެއެވެ.
މި އަހަރުގެ ކާޓާ ޓެކްނިކަލް ކޮންފަރެންސްގެ ތީމަކީ "ރޯލް އޮފް ޑާޓާ އިން ޓެކްސް ކޮމްޕްލަޔަންސް މެނޭޖްމަންޓް އެންޑް ޓެކްސޭޝަން އޮފް ހޮސްޕިޓާލިޓީ އިންޑަސްޓްރީ (ޓެކްސް ކޮމްޕްލައިންސް މެނޭޖްކުރުމުގައި އަދި ހޮސްޕިޓަލިޓީ އިންޑަސްޓްރީއިން ޓެކްސް ނެގުމުގައި ޑޭޓާގެ ދައުރު)"އެވެ.
މި ތީމް ކަނޑައެޅުމުގެ މަގްސަދަކީ، ވަރުގަދަ ކޮމްޕްލައިންސް ރިސްކް މެނޭޖްމަންޓް ފްރޭމްކޯވެއް ބިނާކުރުމަށް އަދި ހޮސްޕިޓަލިޓީ އިންޑަސްޓްރީއިން ޓެކްސް ނެގުމުގައި ކުރިމަތިވާ ގޮންޖެހުންތަކާމެދު މެންބަރު ގައުމުތަކުގެ ބައިވެރިންގެ މެދުގައި ޝައުގުވެރި މަޝްވަރާތަކެއް އުފެއްދުމާއި، އެކި ގައުމުތަކުގެ ތަޖުރިބާ ހިއްސާކުރުން ކަމުގައި މީރާއިން މައުލޫމާތުދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް