ރާއްޖެއިން ފުރައިގެން އިންޑިއާއަށް ދަތުރުކުރި ބާޖަކާއި ޓަގް ބޯޓެއް ލަންކާއާއި ހިސާބުން ފަރަށް އަރައިފި

ރާއްޖެއިން ފުރައިގެން އިންޑިއާއަށް ދަތުރުކުރި ބާޖަކާއި ޓަގްބޯޓެއް ސްރީ ލަންކާއާއި ހަމައިން ފަރަށް އަރައިފިއެވެ. ލަންކާ އަދި އިންޑިއާ މީޑިއާގައި ރިޕޯޓްކޮށްފައިވާގޮތުގައި އެ ބާޖާއި ޓަގު ސްރީ ލަންކާގެ މަ...

10 Jul 2023 | 02:27

ރާއްޖެއިން ފުރައިގެން އިންޑިއާއަށް ދަތުރުކުރި ބާޖަކާއި ޓަގްބޯޓެއް ސްރީ ލަންކާއާއި ހަމައިން ފަރަށް އަރައިފިއެވެ.

ލަންކާ އަދި އިންޑިއާ މީޑިއާގައި ރިޕޯޓްކޮށްފައިވާގޮތުގައި އެ ބާޖާއި ޓަގު ސްރީ ލަންކާގެ މަންނާރު ސަރަހައްދުގެ ނަޑުކުޑާ ބީޗް ސަރަހައްދަށް ބާޖާއި ޓަގު ފަރަށް އެރީ މިދިޔަ ހުކުރު ދުވަހުގެ ވަގުތެއްގައެވެ.

ފަރަށް އެރި އިރު އޭގައި ނުވަ ފަޅުވެރިން ތިބި ކަމަށް ރިޕޯޓްކޮށްފައިވެއެވެ. އެ ފަޅުވެރިން ނިސްބަތްވަނީ އިންޑިއާއަށާއި އިންޑޮނޭޝިޔާއަށެވެ.

އިންޑިއާ އަދި ލަންކާގެ ކޯސްޓްގާޑް ގުޅިގެން އެ ބާޖާއި ޓަގު ފުންކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު ފަރަށް އަރަން މެދުވެރިވީ މޫސުން ގޯސްވެފައިވާ ވަގުތެއްގައި ޓަގުގެ އިންޖީނަށް މައްސަލައެއް ދިމާވެގެން ކަމުގައިވެސް ރިޕޯޓްކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް